
ހާރިޖީ ވަޒީރުކަމުގެ މަގާމުން ހަލީލް ވަކިކޮށްފި

މުހައްމަދު މުޝްރިފް - 14 އޭޕްރީލު 2026 - 08:14
ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް މިއަދު މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، މަގާމުން ވަކިކުރި ސަބަބެއް ނުބުނެ އެވެ.
މި ސަރުކާރު ފެށުމާއެކު، ހަލީލް އެންމެ ފުރަތަމަ އައްޔަންކުރެއްވީސިއްހީ ވަޒީރަކަށެވެ. އެކަމަކު، އެ މަގާމުން ވަކިކޮށް، ހާރިޖީ ވަޒީރުގެ މަގާމަށް އޭނާ ބަދަލުކުރެއްވީ ސެޕްޓެމްބަރު 30، 2024 ގަ އެވެ.
ޕަބްލިކް ޕޮލިސީއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ހަލީލް ވަނީ ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ސަރުކާރުގެ ބައެއް މަގާމްތަކަށް ދަނީ ބަދަލުތައް ގެންނަމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމްތައް ވެސް ހިމެނެ އެވެ.






.gif&w=3840&q=75)