logo

ހުޅުމާލޭ އެޕާޓްމަންޓަކުން ހަތަރު މީހަކު ހައްޔަރަށް!

profile

އާމިނަތު ޝަޒްލާ - 27 ޖޫން 2026 - 12:55


ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީން އެޕާޓްމަންޓެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން، ހަތަރު ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

https://wamco.com.mv/

ފުލުހުންގެ އިދާރާއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މިއަދު ހެނދުނު 6:05 ހާއިރު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މި މައްސަލައިގެ ތަޙުޤީޤަށް ބޭނުންވާ ހެކި ހޯދުމަށް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، މައްސަލައާ ގުޅުންހުރި މުހިންމު ހެކިތަކެއް ފެނިފައިވެއެވެ. އޭގެ ތެރޭގައި ބަނގުރާ ހުރި ކަމަށް ބެލެވޭ ހުސް ފުޅިތަކެއް ހިމެނޭ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންގެ އިތުރުން، 34 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުންނެވެ. މި ހަތަރު މީހުންނަކީވެސް ދިވެހިންނެވެ.

ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk