logo

އިމާރާތަކުން ދެ މީހަކު ވެއްޓި، އައި.ޖީ.އެމް.އެޗްގައި ފަރުވާދެނީ

profile

އާމިނަތު ޝަޒްލާ - 27 ޖޫން 2026 - 11:52

މާލޭގެ މަޖީދީމަގުގައި ތަރައްޤީކުރަމުންދާ އިމާރާތަކުން ދެ މީހަކު ވެއްޓި، ލިބުނު އަނިޔާތަކަށް އައި.ޖީ.އެމް.އެޗްގައި ފަރުވާދޭން ފަށައިފިއެވެ.

https://wamco.com.mv/

ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، މަޖީދީމަގުގައި ހުރި އިމާރާތަކުން ދެ މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:53 އެހައިކަންހާއިރުއެވެ. މި ރިޕޯޓާއެކު ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށް އެ ދެ މީހުން ކަހާލައިގެން ވެއްޓުމުގެ ސަބަބުންނެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކަށާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. މި ދެ މީހުންނަށްވެސް މިހާރު ދަނީ އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk