
މެޑަމް ސާޖިދާ، ރަސްމީ ދަތުރުފުޅެއްގައި މ، މުލަކަށް!

އާމިނަތު ޝަޒްލާ - 27 ޖޫން 2026 - 12:35
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މ. މުލަކަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ.
އެކަމަނާގެ މި ދަތުރުފުޅަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުލަކަށް ވަޑައިގަތުމުން، އެރަށުގެ ރައްޔިތުންގެ ފަރާތުން އެކަމަނާއަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެކަމަނާއަށް މަރުޙަބާ ދެންނެވުމަށްޓަކައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދަށް ޖަމާވެފައެވެ.
މި ދަތުރުފުޅުގައި، ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ އިތުރުން، އެރަށުގައި އަލަށް ތަރައްޤީކޮށްފައިވާ "ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު" ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދެ ރަސްމިއްޔާތުވެސް ބާއްވާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭ އެޕާޓްމަންޓަކުން ހަތަރު މީހަކު ހައްޔަރަށް!
6 ގަޑިއިރު ކުރިން

85 ޒުވާން ޚަޠީބުން: ތަމްރީން ޕްރޮގުރާމުގެ 4 ވަނަ ބުރު ނިންމާ ސަނަދު ހާސިލްކޮށްފި
6 ގަޑިއިރު ކުރިން
މ. މުލީ ފިޓްނަސް ސެންޓަރުގެ 70 އިންސައްތަ ނިމިއްޖެ
6 ގަޑިއިރު ކުރިން

އިމާރާތަކުން ދެ މީހަކު ވެއްޓި، އައި.ޖީ.އެމް.އެޗްގައި ފަރުވާދެނީ
7 ގަޑިއިރު ކުރިން


.gif&w=3840&q=75)