މ. މުލީ ފިޓްނަސް ސެންޓަރުގެ 70 އިންސައްތަ ނިމިއްޖެ

އާމިނަތު ޝަޒްލާ - 27 ޖޫން 2026 - 12:43
މ. މުލީގައި ގާއިމުކުރާ ފިޓްނަސް ސެންޓަރުގެ މަސައްކަތުގެ 70 އިންސައްތަ މިހާރު ނިމިފައިވާކަމަށް، ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އެ ވުޒާރާއިން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ، ވަޒީރު ޢަބްދުﷲ ރާފިއު މުއްޔަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގައި ކުރިއަށްދާ ކުޅިވަރު މަޝްރޫއުތަކުގެ ތަންފީޒީ މަރުހަލާތައް ބައްލަވާލައްވާފައިވާ ކަމަށެވެ. މިގޮތުން، އެ ރަށުގައި މިވަގުތު އެންމެ ބާރު ސްޕީޑެއްގައި ކުރިއަށްދަނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) އިމާރާތް ކުރުމުގެ މަސައްކަތް ކަމަށާއި، އެ އިމާރާތުގެ ބޮޑުބައި މިހާރު ނިމިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މުލީގެ އައުޓްޑޯ ޖިމާއި ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. ދަނޑުގެ މަސައްކަތުގެ ތެރެއިން ދެން ކުރިއަށް އޮތީ ފެންސް ޖެހުމާއި ލައިޓިންގ ސިސްޓަމް ހަރުކުރުމުގެ މަރުހަލާ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭ އެޕާޓްމަންޓަކުން ހަތަރު މީހަކު ހައްޔަރަށް!
6 ގަޑިއިރު ކުރިން

85 ޒުވާން ޚަޠީބުން: ތަމްރީން ޕްރޮގުރާމުގެ 4 ވަނަ ބުރު ނިންމާ ސަނަދު ހާސިލްކޮށްފި
6 ގަޑިއިރު ކުރިން

މެޑަމް ސާޖިދާ، ރަސްމީ ދަތުރުފުޅެއްގައި މ، މުލަކަށް!
6 ގަޑިއިރު ކުރިން

އިމާރާތަކުން ދެ މީހަކު ވެއްޓި، އައި.ޖީ.އެމް.އެޗްގައި ފަރުވާދެނީ
7 ގަޑިއިރު ކުރިން


.gif&w=3840&q=75)