logo

ނަޑެއްލާ އެކްސިޑެންޓްގައި އަނިޔާވި 2 މީހަކު މާލެ ގެނެސް ފަރުވާދޭން ފަށައިފި

profile

ޝުރުފާ މުހައްމަދު - 20 އޮކްޓޯބަރު 2024 - 15:10

ނަޑެއްލާ ބަނދަރު މަތި---- ފޮޓޯ: ސޯޝަލް މީޑިއާ

ނަޑެއްލާ ބަނދަރު މަތި---- ފޮޓޯ: ސޯޝަލް މީޑިއާ

ގދ. ނަޑެއްލާގައި ނުރައްކާތެރި އެކްސިޑަންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ނަޑެއްލާގެ ޖެޓީ މަގުން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަޑުކޮށްފައި އޮތް ރަށު ޕިކަޕެއް ކައިރީގައި ހުރި މީހެއް ގައިގަ ޖެހިގެން ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ ރޭ 12:00 ޖަހާކަން ހައިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލުގައި 18 އަހަރުގެ ދެ ޒުވާނުން ތިބި އިރު، ސައިކަލުން ޖެހުނީ 47 އަހަރުގެ މީހެއް ގައިގައެވެ.

އެ 3 މިހުންނަށް ވެސް އަނިޔާވެގެން ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު، ސައިކަލު ދުއްވި މީހާ އާއި، ސައިކަލުން ގައިގައި ޖެހުނު މީހާ އިތުރު ފަރުވައަށް މާލެ ގެނަސް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި ސައިކަލުން ޖެހުނު 47 އަހަރުގެ މީހާ އަށް ބޮޑެތި އަނިޔާތަކެއް ވަނީ ވެފައެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319