logo

ގަސް ކަނޑާ މައްސަލާގައި، ސިޓީ ކައުންސިލަށް ދައުވާކުރަން ޖެހޭ: ނަޝީދު

profile

ޝުރުފާ މުހައްމަދު - 06 މާރިޗު 2025 - 18:18

ސިޓީ ކައުންސިލުން ވިލިމާލޭގައި ގަސް ކަނޑާ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

https://wamco.com.mv/

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަގޮތުގައި ވިލިމާލޭގެ ސްކޫލު ހިމެނޭހެން ބައެއް ސަރަހައްދުތަކުގައި ހެދިފައި ހުރި ބޮޑެތި ގަސްތައް ސިޓީ ކައުންސިލުން އަންނަނީ ކަނޑަމުންނެވެ. އެކަމާ މެދު އާންމުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މި މައްސަލާގައި ނުރުހުން ފާޅުކޮސްފަ އެވެ.

ލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިވަގުތު ހުންނެވި ރައީސް ނަޝީދު އެފަދަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާ ވިދާޅުވީ، ސިޓީ ކައުންސިލުން ވިލިމާލެއިން ގަސް ކަނޑަމުންދަނީ ހިތުހުރި ގޮތަކަށް، ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި މިކަމުގައި ކައުންސިލްގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

View post on Twitter

މި މައްސަލާގައި ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވި އިރު، މީގެ ކުރިން މާލޭގެ އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާ މައްސަލަ ކޯޓަށް ވެސް ހުށަހެޅުއްވި އެވެ.

މާލެ ސަރަހައްދުން ގަސް ކަނޑާ މައްސަލާގައި އާންމުންގެ ކަންބޮޑުވުން ބޮޑުވެފައިވަނިކޮށް މާލެ ސިޓީގެ މޭޔަރ ދާދި ފަހުން ވަނީ ގަސް އުފުރާލުމާއި ގަސްތައް ކެނޑުމުގެ މަސައްކަތަކީ ކައުންސިލުން ކުރުމަށް ގަސްތުކުރާ ނުވަތަ ބޭނުންވާ ކަމެއް ނޫން ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވެފަ އެވެ.

މޭޔަރ ވިދާޅުވީ ގަހެއް ކެނޑުމުގެ ކުރިން އަބަދުވެސް އެ ގަހަކީ ބޭންދިދާނެ ގަހެއްތޯ ބަލާ ކަމަށް ވެސް މޭޔަރ ވިދާޅުވި އެވެ. އަދި ގަސްތަކުގެ ގޮފިތައް ކެނޑުމާއި ގަސް ކޮށުމަކީ ކައުންސިލުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަ ކުރައްވާ މޭޔަރ ވިދާޅުވީ ގިނަ ފަހަރަށް ރައްޔިތުން މި އިދާރާއަށް ޝަކުވާ ހުށަހަޅަމުންދަނީ، މަގުމަތީގައި ހުންނަ ގަސްތަކުގެ ގޮފިތަކުން ދިމާވާ އުނދަގޫތައް ހައްލުކޮށްދިނުމަށް ކަމަށެވެ. އެ ފަދަ ހާލަތްތަކުގައި ކައުންސިލުން އެކަން ހައްލުކޮށްދެއެއް ވާނެ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

https://wamco.com.mv/
tel:+9607331319