logo

ޕީއެންސީގެ ޕީޖީ ގްރޫޕްގެ އިސް ވަފުދެއް ޕާކިސްތާނަށް ފުރައިފި

profile

މުޙައްމަދު ފަޟްލޫން - 22 ސެޕްޓެމްބަރު 2026 - 11:25

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީ ގްރޫޕްގެ ވަފުދެއް ރަސްމީ ދަތުރުފުޅެއްގައި މިއަދު ޕާކިސްތާނަށް ފުރައިފިއެވެ.

https://wamco.com.mv/

މި ވަފުދުގައި އިސްކޮށް ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ. އެމަނިކުފާނުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ 15 މެންބަރަކު މި ވަފުދުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ޕީއެންސީން މައުލޫމާތު ދެއްވި ގޮތުގައި މިއީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމެވެ. އަދި ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެދުގައި ތަޖުރިބާއާއި ހިޔާލު ބަދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
tel:+9607331319