logo
ރަސްމާލެ މަޝްރޫޢުގެ ބިންތައް ވިއްކާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ބޭއްވި ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޝެއިޚް އިމްރާން

ރަސްމާލެ މަޝްރޫޢުގެ ބިންތައް ވިއްކާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ބޭއްވި ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޝެއިޚް އިމްރާން

ރަސްމާލެ މަޝްރޫއަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލައިގެން ހިންގި ބޮޑު "ސްކޭމެއް": ޝެއިޚް އިމްރާން

profile

އާމިނަތު ޝަޒްލާ - 19 އޮކްޓޯބަރު 2026 - 13:27

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ ރައްޔިތުންނަށް އެތައް ދޮގެއް ހަދައި، އޮޅުވާލައިގެން ދިވެހިންގެ ފައިސާއިން ހިންގާފައިވާ ބޮޑުވެގެންވާ "ސްކޭމެއް" ކަމަށާއި، އެއީ ޒަޔަނިސްޓުންގެ ބާރުގެ ދަށަށް ރާއްޖޭގެ ބިންތައް ދޫކޮށްލުމަށް ރާވާފައިވާ ނުރައްކާތެރި ޖަރީމާއެއް ކަމަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރަސްމާލެ މަޝްރޫޢުގެ ބިންތައް ވިއްކާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް މިއަދު ބޭއްވި ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝެއިޚް އިމްރާން ވިދާޅުވީ، މުޅި ރާއްޖޭގެ ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު ފުށިދިއްގަރު ފަޅު ހިއްކަވަން ފެއްޓެވި ނަމަވެސް، ވަކި ހިސާބަކުން އެ މަޝްރޫއުގެ މުޅި މިސްރާބު ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ. އެއީ ރައީސްގެ ރިޔާސީ ވައުދަކަށް ވާތީ އެކަމުގައި ފުރަތަމަ މާ ބޮޑު އެއްޗެއް ނުބުނެ ތިބި ނަމަވެސް، މިއަދު ފެންނަނީ އެކި ފަހަރު މަތިން ރައްޔިތުންނަށް ބޮޑެތި ދޮގުތައް ހައްދަވައި، ހީލަތްތެރި ރޭވުންތަކެއްގެ ތެރެއިން ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ހިންގި ބޮޑު އޮޅުވާލުމެއްގެ ގޮތުގައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ، ދިވެހި ރައްޔިތުން ޑޮލަރަށް ޖައްސުވައި، ރައްޔިތުންގެ ވިޔަފާރިއަށާއި ބޭސްފަރުވާއަށް ހުރި ޑޮލަރުކޮޅުން 500 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން ހިއްކި ބިމުން، 500 ހެކްޓަރުގެ ބިން މާލެއާ 15 ވަރަކަށް މީޓަރު ކައިރިން މިއަދު ދޫކޮށްލަނީ ޒަޔަނިސްޓުންގެ އަތްމައްޗަށް ބާރުވެރިކަން ދާ ގޮތަށް ކަމަށެވެ. އަދި މިއީ ހަމައެކަނި ސިޔާސީ ނުވަތަ ވިޔަފާރި އިންވެސްޓްމަންޓެއްގެ ގޮތުގައި ބަލައިގަނެގެން ތިބެވެން ނެތް ކަމަށާއި، މިއީ ދިވެހިންގެ ބާރު ދިވެހިންގެ އަތުން ނިގުޅައިގަނެ ޒަޔަނިސްޓުންގެ އަތްމައްޗަށް ދިނުމަށް ރައީސް މުޢިއްޒުގެ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ހިންގަވާ ވަރަށް ނުރައްކާތެރި ޖަރީމާއެއް ކަމަށް ދިވެހިންގެ އަޣުލަބިއްޔަތު މިއަދު ގަބޫލުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި މިދިޔަ ސެޕްޓެންބަރު 21 ގައި ސޮއިކުރި ހިސާބުން ފެށިގެން މިއަދާ ހަމައަށް މީސްމީޑިއާގައްޔާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފަރާތްތަކާއި ދިރާސާވެރިން ވަރުގަދަ އިހުތިޖާޖެއް ކުރަމުންދާކަން ފާހަގަކުރައްވައި، އިމްރާން ވަނީ "ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރުގެ ދަށުން ގައުމީ ވަރުގަދަ ހަރަކާތެއް ފަށާކަން ރަސްމީކޮށް އިއުލާން ކުރައްވާފައެވެ. އަދި ސަރުކާރުން މިކަން ހުއްޓާލަންދެން ރައްޔިތުންނާ އެކު މި ހަރަކާތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި ޒަޔަނިސްޓުންނަށް ނުވަތަ އެމީހުންނަށް ބާރުވެރިކަން ލިބޭ ގޮތަށް ދިވެހިރާއްޖޭގެ ބިމުން އެންމެ ވެލިފުކެއްވެސް ދޫކޮށްލެވިގެން ނުވާނެ. ރާއްޖޭގެ ބިމާއި ވަސީލަތްތައް ބޭރުގެ އިންވެސްޓަރުންނަށް ދޫކުރަންވާނީ ރައްޔިތުންގެ މަޝްވަރާއާއި ދެފުށް ފެންނަ ހާމަކަން ބޮޑު އުސޫލުތަކުގެ ތެރެއިން،" އިމްރާން ވިދާޅުވިއެވެ.

ނިންމަވާލައްވަމުން އިމްރާން ވިދާޅުވީ، ރައީސް މުޢިއްޒު މި މަޝްރޫއު ކުރިއަށް ގެންދަވަނީ ހަމަތަކުން ބޭރުން ކަމަށްވާތީ، ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކާ އެކު ނިކުމެ މިކަން ހުއްޓުވާނެ ކަމަށެވެ. އަދި ދިވެހި ތާރީޚުން ފެންނަ ފަދައިން، ގައުމަށް ޚިޔާނާތްތެރިވެ ގައްދާރުވާ ކޮންމެ ފަހަރަކު ދިވެހި ރައްޔިތުން ތެދުވެ ގައުމު ސަލާމަތް ކޮށްފައިވާ ބީދައިން، މިފަހަރުވެސް ރައްޔިތުން ތެދުވެ މި ގައުމު ސަލާމަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319