
ކޮވިޑް 19ގެ އާ ވޭރިއެންޓެއް އެމެރިކާގައި ފެތުރެން ފަށައިފި

މުޙައްމަދު ފަޟްލޫން - 04 ސެޕްޓެމްބަރު 2025 - 11:54
ކޮވިޑް 19ގެ އާ ވޭރިއެންޓެއް އެމެރިކާގައި ހަލުވިކަމާއެކު ފެތުރެން ފަށައިފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެކްސްއެފްޖީގެ އެ ވައްތަރު ހަލުވިކަމާއެކު ފެތުރެމުންދާތީ ސިއްހީ މާހިރުން ވަރަށް ގާތުން އެކަން ބަލަމުންދާއިރު، އެ ވޭރިއެންޓްގެ ސަބަބުން އިތުރު ބޮޑެތި ބަލިތައް ޖެހޭ ކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައިނުވާ ކަމަށް ބުނެފައިވެއެވެ.
ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ތަފްސީލުކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާގައި ގައުމީ ޓެސްޓް ޕޮޒިޓިވިޓީ ރޭޓް 9.9 އިންސައްތަ އަރާފައިވާއިރު، މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 1.4 އިންސައްތަ އިތުރު އަދަދެކެވެ.
އެންމެ ބޮޑަށް މިފަދަ ކޭސްތައް އިތުރުވެފައިވަނީ އެމެރިކާގެ ދެކުނުގައެވެ. ބައެއް ސްޓޭޓްތަކުގައި ޓެސްޓް ޕޮޒިޓިވިޓީ ރޭޓް 15 އިންސައްތަ އިތުރުވެފައިވާ ކަމަށް އެމެރިކާގެ ހެެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
ސައިންޓިފިކް ގޮތުން އެކްސްއެފްޖީގެ ނަމުން ނަންދެވިފައިވާ ކޮވިޑް19 ގެ ސްޓްރެޓަސް ވޭރިއަންޓަކީ ކުރީގެ އޮމައިކްރޮން ވައްތަރުތަކުގެ ތެރެއިން އުފެދުނު ވައްތަރެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ މި ބާވަތް މޮނިޓަރިންގެ ދަށުގައިވާ ބާވަތްތަކުގެ ލިސްޓުގައި ހިމަނާފައެވެ.
ސީޑީސީގެ ހޯދުންތަކުން ދައްކާ ގޮތުގައި އަލަސްކާ، ވޮޝިންޓަން، އައިޑަހޯ، ޔޫޓާ، ޓެކްސަސް، ލޫސިއާނާ، މިސޫރީ، ވިސްކޮންސިން، އިލިނޮއި، އިންޑިއާނާ، ކެންޓަކީ، ވެސްޓް ވާޖިނިއާ، ނޯތު ކެރޮލައިނާ، އާކަންސޯ، އަލަބާމާ އަދި ކޮނެޓިކަޓްއިން އެ ބާވަތް މިހާތަނަށް ފެނިފައިވެއެވެ.
އެ ބާވަތުގެ ކޮވިޑް ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި ކެއްސުން، ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ހުމުގެ އަސަރު ހުރުން ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން 359 ހައުސިންގ ޔުނިިޓްގެ މަސައްކަތް ދިވެހި ކޮންޓްރެކްޓަރުންނަށް
8 ގަޑިއިރު ކުރިން

3000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހު ފެށޭނެ: ބީއެމްއެލް
9 ގަޑިއިރު ކުރިން

ބީއެމްއެލްއިން އެފޯޑެބަލް ހައުސިންގ މަޝްރޫއު ހިންގަން އެއްބަސްވުމެއްގައި ސޮއިކޮށްފި
10 ގަޑިއިރު ކުރިން

ހުއްދަނެތި ފައިސާގެ މުއާމަލާތް ކުރުމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި
10 ގަޑިއިރު ކުރިން


