logo

އަސަރުން ފުރިގެންވާ ވާހަކަތަކުން ހީނާ ހާމަކޮށްދެއްވީ ތެދުވެރިކަން !

profile

ޝަހްޒާ މުޙައްމަދު - 14 ނޮވެމްބަރު 2025 - 19:19

ޕީއެންސީން ބޭއްވި ބޮޑު ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓިގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވަނީ އޭނާއާއި މެދު ފެތުރު އަޑުތަކަށް ވަރަށް ފުރިހަމަ ޖަވާބެއްދެއްވާފައެވެ. އޭނާއަކީ އަންހެނަކަށްވީތީ، މިހާތަނަށް ވެސް އިދިކޮޅު ފަރާތްތަކުން ކުރިމަތިވަމުންދަނީ މަލާމާތާއި ފުރައްސާރަކަމަށް ވިދާޅުވެ ހީނާ ވަނީ އަސަރުން ފުރިފައިވާ ވާހަކަތަކެއް ހިއްސާކުރައްވައިފައެވެ.

https://wamco.com.mv/

އަންހެނަކަށް ވީތީ އިދިކޮޅުން އޭނާގެ ބޮލުގައި ނާޅުވާ އިލްޒާމެއް ނެތް ކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން، އޭނާއާއި އާއިލާއަށް ނުކުރާ ފުރައްސާރައެއް ނެތް ކަމަށް ވިދާޅުވިއެވެ.ކެންސަރު ބަލި ތަހަންމަލު ކުރައްވި ހީނާ އަސަރާއެކު ވިދާޅުވީ، ކުރިމަތިވި ބައްޔަކާ ގުޅުވައި ފުރައްސާރަ ކުރާނީ އިންސާނިއްޔަތުކަން ކުޑަވެ، އެފަރާތްތަކުން ދަށު ދަރަޖައަށް ވެއްޓުނީމާ ކަމަށެވެ.

ސިޔާސީ ދާއިރާގެ އަންހެނުންނަށް ފުރައްސާރައާއި ކުރިމަތުވާކަން ފާހަގަކުރައްވާ ހީނާ ވަނީ، ނަފްސާނީ ގޮތުން ބަލިކޮށްލުމަށް އާއިލާއަށް ފުރައްސާރަކޮށް، ޞިއްޙީ ހާލަތާއި ސިފައަށް ވެސް ހަޖޫޖަހާ، މިފަދަ ޢަމަލުތައް ހިންގަނީ އިންސާނިއްޔަތުކަމުގެ ކަންކަން ނެތް ބަޔަކު ކަމަށް ސިފަކުރައްވާފައެވެ.

ރައީސް ޔާމީންގެ ޕާޓިގެ ބައްދަލުވުންތަކަށް އިޝާރާތްކުިރައްވާ ، ހީނާ ވިދާޅިވީ އިދިކޮޅު ފަރާތްތަކުގެ މިފަދަ ވާހަކަތަކަކީ ފާއިތުވި ފަސް އަހަރު ދުވަހު އޭނާ އެފަރާތްތަކަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކުރާ ގޮތްކަމަށެވެ. އަދި އެފަރާތްތަކަށް ކުރިން އެއްވެސް ރައްދެއް ނުދެއްވާ ހިތްވަރާއެކު ސާބިތުވެ ހުންނެވިކަން ހީނާ ފަހަގަކުރެއްވިއެވެ. ހީނާ ވިދާޅުވީ ދޮގު ވާހަކަތަކަށް ސަމާލުކަމެއް ނުދީ، ރައީސް ހަވާލުކުރެއްވި މަސްއޫލިއްޔަތު ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ފުރިހަމައަށް އަދާކުރާނެކަމުގެ ޢަޒުމް އާކުރެއްވިކަމަށެވެ.

"އަޅުގަނޑު ބަދުނާމުކުރަން ކިތަންމެ ދޮގު ވާހަކަތަކެއް ވެސް ދެއްކިދާނެ. އެހެންނަމަވެސް، އަޅުގަނޑުގެ މަސައްކަތަކާއި އަޅުގަނޑުގެ ޢަޒުމަކަށް ކުޑަ ވެސް، ކުޑަ ވެސް ފަސްޖެހުމެއް ނާންނާނެ. އަޅުގަނޑާ ހަވާލުވެފައިވާ ޒިންމާ، ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑާ މަތިކުރައްވާފައިވާ މަސްއޫލިއްޔަތު އަޅުގަނޑު އަދާކުރާނީ ވަރަށް ފުރިހަމަކަމާއެކު ، އަޅުގަނޑު ކުރާ ކޮންމެ ކަމެއް އަޅުގަނޑު މި ކުރަނީ، އަޅުގަނޑު ކުރާ ކޮންމެ ކަމެއް ބައްލަވައި، ވޮޑިގެންވާ، ފަރާތެއްވާކަން ހަނދުމަކުރަމުން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު." ހީނާ ވިދާޅުވިއެވެ.

ކެންސަރު ބަލީގައި އޭނާ ވަރަށް ބަލިވެ އުޅުއްވިއެވެ. އެކަމަކު، ހިތްވަރާ އެކީ، މަސައްކަތުގައި ރައީސް ޔާމީނުގެ އަރިހުގައި ވެސް އަދި މިސަރުކާރުގައި ވެސް ހީނާ މަސައްކަތްކުރައްވާކަން ފާހަގަކުރެވެއެވެ.

ހީނާ ވަނީ ރައީސް މުއިއްޒު، ވެރިކަމުގައި މިވީ ދެ އަހަރުތެރޭ ކޮށްދެއްވި ބައެއް ކަންކަން ފާހަގަކުރައްވައި، ސަރުކާރުގެ ކާމިޔާބީއާ ދޭތެރޭ އުފާފާޅުކުރައްވައިފައެވެ.

އެގޮތުން :

  1. އައިނު ހެދޭނެ ގޮތް 2،000ރ. އަށް ބޮޑުކޮށްދެއްވުން
  2. އަންނަ އަހަރުން ފެށިގެން ތެލެސީމިއާ ކުދިންގެ އެލަވަންސް ބޮޑުވުން
  3. ތެލެސީމިއާ ކުދިންނަށް ހުޅުމާލޭގައި ތަނެއް ގާއިމުކޮށްދިނުން
  4. 100 ދުވަހުގެ ތެރޭގައި އައިޔޫއައި އަދި އައިވީއެފް ހެދޭނެ މަގު ފަހިކޮށްދިންއިރު، އައިވީއެފް ހެދި 23 ފަރާތެއް ކާމިޔާބުވެފައިވުން
  5. އެކަނިވެރި މައިންގެ އެލަވަންސް އަންނަ އަހަރުން ފެށިގެން ބޮޑުވާނެ
  6. އަންހެނުންނަށް ލޯން ލިބޭ ގޮތް ހަމަޖެއްސެވިއިރު، ކުންފުނިތަކުގައި އަންހެނުންގެ ހިއްސާ އިތުރުކޮށްދިނުން ހީނާ ފާހަގަކުރެއްވިއެވެ.

ހީނާ ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ވަރަށް ގާތުން ކަންކަން ބައްލަވައި، އަބަދުވެސް އިރުޝާދު ދެެއްވާ ކަަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ ދެ އަހަރު ގަދަ ވިއްސާރަ އާއި އަތްވާއި ވާރޭގައި ރައީސް ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވީ، ރައްޔިތުންނާއި މެދު ހިތްޕުޅުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށް ހީނާ ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންގެ އަޑު އައްސަވާ، ސީދާ އެންމެ ގާތުން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާތީ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ހީނާ ވަނީ އޭނާއާއި މެދު އިދިކޮޅުފަރާތްކަުން ކުރާ ތުހުމަތުތަކަށް ރައްދުދެއްވާފަައެވެ. އެގޮތުން އެންސްޕާ ހިންގާނެ ތަނެއް ހޯދުމާ ގުޅިގެން އޭނާއަށް އަމާޒުކޮށް ދޮގު ވާހަކަފެތުރިކަން ހިނާ ފާހަގަކުރެއްވިއެވެ. އެކަމާއި ގުޅިގެން ހީނާ ވިދާޅުވީ އެވާހަކަތަކުގައި ބުނި ބިލަކީ، އެންސްޕާ އިންކުރި ބިލެއް ވެސް ނޫންކަމަށެވެ.

"އެއީ ދައުލަތުގެ މާލިއްޔަތު ނިޒާމާ އެއްގޮތަށް ފިނޭންސް މިނިސްޓްރީގެ ޓެންޑަރިންގ ޕްރޮސެސްގެ ތެރެއިން އެ މިނިސްޓްރީން ނިންމެވި ކަމެއް. އާއްމުކޮށް އިޢުލާންކޮށްގެން ހުޅުވައިލާފައިވާ ބިޑެއްގެ ތެރެއިން ބޭނުންކޮންމެ ބަޔަކަށް އަގު ހުށަހެޅޭ ހާމަކަން ބޮޑުކޮށްގެންދެވި ކަމެއް. ބިޑު ކާމިޔާބުވި ފަރާތުން އެ ދިގެން އެ ބިޑު ބާތިލުކޮށް، ޓާމިނޭޓުކުރި، އެ މުޢާމަލާތުގައި ދައުލަތަކަށް އެންމެ ލޯ ލާރިއެއް ވެސް ނުގެއްލޭ" ހީނާ ވިދާޅުވިއެވެ.

ޖަލްސާގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޞިއްޙީ އަދި އިޖްތިމާޢީ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި، ރައްޔިތުންގެ ދިރިއުޅުމަށް އަންނަމުންދާ ހެޔޮ ބަދަލުތަކަށް އަލިއަޅުވައި ވާހަކަދެއްކެވިއިރު ، ހީނާ ގެ ވާހަކަފުޅަކީ، ސިޔާސީ ދާއިރާގައި އަންހެނުންނަށް ކުރިމަތިވާ ނޭދެވޭ މާޙައުލާއި، އެކަމާ ކުރިމަތިލުމަށް ބޭނުންވާ ހިތްވަރުގެ މިސާލެކެވެ. އޭނާ ވަނީ، ފުރައްސާރަތަކަށް ބެލުމެއްނެތި، ޤައުމީ ޚިދުމަތުގައި ސާބިތުވެ ހުންނެވުމުގެ ޢަޒުމް އާކުރައްވާފައެވެ. ހީނާ ވަލީދަކީ ޕީއެންސީގެ ޗީޕް ސްޕޯކްސް ޕާސަންގެ އިތުރުން، ރައީސް އޮފީހުގެ ތަރުޖަމާނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay