logo

އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ސައުދީއަށް

profile

އައިޝަތު އިނާޝާ - 06 އޯގަސްޓު 2024 - 21:55

ފޮރިން މިނިސްޓަރ މޫސާ ޒަމީރު

ފޮރިން މިނިސްޓަރ މޫސާ ޒަމީރު

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސަޢުދީ ޢަރަބިއްޔާއަށް ފުރާ ވަޑައިގަތުމަށް ހަމަޖެހިޖެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

މިނިސްޓްރީން ބުނިގޮތުގައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސަޢުދީ ޢަރަބިއްޔާއަށް މިނިސްޓަރު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.

މިނިސްޓަރުގެ މި ދަތުރުފުޅަކީ ފަލަސްތީނާއި ޢީރާންގެ ދަޢުވަތަކަށްކުރަށްވާ ދަތުރުފުޅެކެވެ.

އޯއައިސީގެ މި ބައްދަލުވުން ބާއްވަނީ އިސްރާޢީލުގެ ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

މިއީ ޤައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ފެންވަރުގައި ބާއްވާ ބައްދަލުވެމެކެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި ބައްދަލުވުން ކުރިއަށްދާނީ 1 ދުވަހުގެ މުއްދަތަކަށްކަމަށާއި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ތަޤުރީރު ކުރައްވާނެ އެވެ.

tel:+9607331319