logo

މަރްހޫމް ސިއްދީގުގެ އާއިލާއަށް ރައީސް ތައުޒިޔާ ދަންނަވައިފި

profile

މުޙައްމަދު ފަޟްލޫން - 04 ޖޫން 2026 - 16:38

ސަރުކާރުގެ ވަޒީފާގައި ދިގު މުއްދަތެއްވަންދެން ދ. މީދޫއަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި އެރަށު ސާޔާ، އަލްމަރްޙޫމް ސިއްދީގު އަލީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ދަންނަވައިފިއެވެ.

https://wamco.com.mv/

އެކްސްގައި ޕޯސްޓް ކުރެއްވި ތަޢުޒިޔާގެ މެސެޖުގައި، ރައީސް ވަނީ އަލްމަރްޙޫމް ސިއްދީގަކީ 31 އަހަރަށްވުރެ ދިގު މުއްދަތެއްގައި މީދޫގެ އިސް މަގާމުތައް ފުރުއްވައި، ރަށުގެ ތަރައްގީއަށްޓަކައި އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ.

މި ހިތާމަވެރި ވަގުތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން، ތަޢުޒިޔާ ދަންނަވާފައެވެ.

ރައީސް ވަނީ މާތްﷲގެ ތަނަވަސް ރަޙުމަތާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް އެ މަރްޙޫމަށް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk