
ކްރެޑިޓް ރޭޓިންގ މަތިކުރުމަކީ އިގްތިސާދީ މިސްރާބަށް އޮތް އިތުބާރު އާވެގެންދިޔަ ކަމުގެ ވަރުގަދަ ނިޝާނެއް : ސައީދު

މުޙައްމަދު ފަޟްލޫން - 04 ޖޫން 2026 - 14:51
ކްރެޑިޓް ރޭޓީންގ މަތިކުރުމަކީ އިގްތިސާދީ މިސްރާބަށް އޮތް އިތުބާރު އާވެގެންދިޔަ ކަމުގެ ވަރުގަދަ ނިޝާނެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީ އިންސީސީސީ އަށް މަތިކުރުމާއި ގުޅިގެން މިނިސްޓަރ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ އިޤުތިޞާދީ މިސްރާބާ މެދު އޮތް އިތުބާރު ބޮޑުވެގެންދިޔަ ކަމުގެ ވަރުގަދަ ހެއްކެއް ކަމަށެވެ.
އަދި މިއީ ގޮންޖެހުންތަކުން ފުރިގެންވާ ދަނޑިވަޅެއްގައި ރައީސް މުޢިއްޒު ގެންގުޅުއްވި ސާބިތުކަމާއި، މާލީ އިޞްލާޙީ ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ނަތީޖާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓރ އިތުރަށް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ވާރުތަވި ބޮޑު ދަރަންޏާއި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސް ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ ބަލައިގަތުން ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ.
2023 ނޮވެމްބަރުގެ ކުރިން އޮތް ދަރަނީގެ ނުރައްކާތެރި ހާލަތުން ގައުމު ސަލާމަތްކުރުމަށް ސަރުކާރުން ކުރި މަސައްކަތަށް މިނިސްޓަރ ވަނީ ތައުރީފް ކުރައްވާފައެވެ.
ދައުލަތުގެ މާލީ ނިޒާމަށް ގެނައި އިސްލާޙުތަކާއެކު، ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް ހިމެނޭހެން ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކާ ހަލާސްކޮށްފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މިއީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާވަމުންދާކަމުގެ ހެކިތަކެއްގެ ގޮތުގައި މާލީ ވަޒީރުވެސް ވަނީ ފާހަގަކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: ސީއީއޯ އަނަސް
ގަޑިއިރެއް ކުރިން

މަރްހޫމް ސިއްދީގުގެ އާއިލާއަށް ރައީސް ތައުޒިޔާ ދަންނަވައިފި
ގަޑިއިރެއް ކުރިން

ކްރެޑިޓް ރޭޓިންގ މަތިކުރުމަކީ މާލީގޮތުން އެޅި އިސްލާހީ ފިޔަވަޅުތަކުގެ ކާމިޔާބީ: ފިނޭންސް މިނިސްޓަރ
5 ގަޑިއިރު ކުރިން

އިގްތިސާދު ވަރުގަދަވެގެންދާކަމުގެ އުއްމީދީ ނިޝާންތައް ފެންނަން ފަށައިފި: ހީނާ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)