logo

އިގްތިސާދު ވަރުގަދަވެގެންދާކަމުގެ އުއްމީދީ ނިޝާންތައް ފެންނަން ފަށައިފި: ހީނާ

profile

މުޙައްމަދު ފަޟްލޫން - 04 ޖޫން 2026 - 12:35

ރާއްޖޭގެ އިގްތިސާދު ވަރުގަދަވެގެންދާކަމުގެ އުއްމީދީ ނިޝާންތައް ފެންނަން ފަށައިފައިވާ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ، އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ފިޗް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކުރުމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދަށް މިހާރު އަންނަމުންދާ ހެޔޮ ބަދަލުތަކަކީ، ގައުމުގެ މާލީ މުސްތަގުބަލާމެދު އޮތް އިތުބާރު އިތުރުވަމުންދާކަމުގެ ހެއްކެއް ކަމަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ލީޑަރޝިޕާއި، އިގްތިސާދު ހަމަ މަގަށް އެޅުއްވުމަށް އެމަނިކުފާނު ކުރައްވަމުންދާ މިންނެތް މަސައްކަތްޕުޅުގެ ނަތީޖާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހީނާ ވިދާޅުވީ މި ކާމިޔާބީން ރަމްޒުކޮށްދެނީ އިގްތިސާދީ ހަމަޖެހުމާއި، މާލީ ޒިންމާދާރުކަން އަދި ދެމެހެއްޓެނިވި ތަރައްގީއަށް ސަރުކާރުން ދެއްވާ އިސްކަމެވެ.

ފިޗް ރޭޓިންގ އިން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ.

މިއަހަރުގެ މެއި މަހު 492 މިލިއަން ޑޮލަރުގައި ހުރި ރިޒާވް، ޖުލައި މަހުގެ ނިޔަލަށް 20 އިންސައްތައިގެ ދަށްވުމަކާއެކު 395 މިލިއަން ޑޮލަރަށް ވަނީ ތިރިވެފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ބޭރުގެ ދަރަނި ހުރި މިންވަރާ ގުޅޭގޮތުން އެ ރިޕޯޓުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އަންދާޒާކުރެވޭ ގޮތުގައި 2025 ވަނަ އަހަރު ރާއްޖެއިން ބޭރަށް ދައްކަންޖެހޭ ދަރަނި 557 މިލިއަން ޑޮލަރަށް އަރާނެއެވެ.

2026 ވަނަ އަހަރު މި އަދަދު 1 ބިލިއަން ޑޮލަރަށް އުފުލިގެންދާއިރު، މީގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއް ހިމެނޭކަން ފިޗުން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ މި ގޮންޖެހުންތަކުގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ސަރުކާރުގެ މަޝްރޫއުތަކަށް ކުރާ ހޭދަ ބޮޑުވުމާއި، ކާބޯތަކެއްޗާއި ތެޔޮ ފަދަ ޒަރޫރީ ތަކެތި އިމްޕޯޓްކުރުމަށް ބޭރު ފައިސާއަށް އޮތް ބަރޯސާ ބޮޑުވުމެވެ.

މީގެ ސަބަބުން ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިންތިހާއަށް އިތުރުވެފައިވާކަން އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ފިޗް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކުރުމާއި ގުޅިގެން ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރަމަންޓް އެންޑް ސްޕޯޓްސް އަހްމަދު ނަރީޝް އާއި ޕީއެންސީ އިން ވެސް ވަނީ ރައީސް ޑރ މުއިއްޒަށް މަރުހަބާ ދަންނަވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk