logo

ކްރެޑިޓް ރޭޓިންގ މަތިކުރުމަކީ މާލީގޮތުން އެޅި އިސްލާހީ ފިޔަވަޅުތަކުގެ ކާމިޔާބީ: ފިނޭންސް މިނިސްޓަރ

profile

މުޙައްމަދު ފަޟްލޫން - 04 ޖޫން 2026 - 12:35

ފިޗް އިން ކްރެޑިޓް ރޭޓިންގ މަތިކުރުމަކީ ދައުލަތުން އަޅަމުންދާ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ކާމިޔާބީ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ފިޗް ރޭޓިންގ އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީސީ އިން ސީސީސީ މައިނަސް އަށް މަތިކުރުމާއި ގުޅިގެން ފިނޭންސް މިނިސްޓަރ ވިދާޅުވީ މި ފާހަގަކޮށްލެވޭ ކުރިއެރުމަކީ އޭޕްރީލް މަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭހެން، ދައުލަތުގެ ދަރަނިތައް ސަރުކާރުން ބަރާބަރަށް އަދާކުރަމުންދިއުމުގެ ނަތީޖާއެވެ.

މިނިސްޓަރުގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ މެކްރޯ-ފިސްކަލް ހަމަޖެހުން ގާއިމުކޮށް، ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ސަރުކާރުން ވަރުގަދަ އަޒުމެއްގައި ދެމިއޮތް ކަމަށެވެ.

މީގެ އިތުރުން، ބައިނަލްއަގްވާމީ އިގްތިސާދީ ލޮޅުންތަކުން ސަލާމަތްވުމުގެ ޤާބިލުކަން އިތުރުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭނެ އެއް ކަންތައް ކަމުގައިވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އިގްތިސާދީ އިސްލާހީ އެޖެންޑާ އެކުލަވާލައި ތަންފީޒް ކުރުމުގައި ރައީސް ޑރ މުއިއްޒު ދެއްވާ ހާއްސަ އިރުޝާދުގެ މަތިން ހަނދާންކޮށް އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

ފިޗް ރޭޓިންގްސްގެ ރިޕޯޓުގައިވާ ގޮތުން، ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެ، އާ ރިޒޯޓުތަކަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވުމާ ގުޅިގެން މެދު ރާސްތާގައި ރާއްޖޭގެ އިޤުތިޞާދީ ހާލަތު ބޮޑުތަނުން ރަނގަޅުވާނެއެވެ.

ސަރުކާރުން ވަނީ ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެއް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ދަރަނި ދައްކާ ހަލާސްކޮށްފައެވެ.

މި ބަދަލުތަކުން ދޭހަވަނީ ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރި ވަރުގަދަކަން ކަމަށް ސަރުކާރުން ދެކެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk