
ދައުރު ނިމިގެންދާނީ ބިދޭސީންގެ ކަންކަން އެންމެ ރަނގަޅަށް ކުރާ ޤައުމުތަކުގެ ތެރޭގަ ރާއްޖެ ހިމެނިގެން: ވަޒީރު އިހްސާން

އާމިނަތު ޝަޒްލާ - 13 މޭ 2026 - 06:33
މި ދައުރު ނިމިގެންދާނީ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން އެންމެ ރަނގަޅަށް ކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނިގެން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި ދައުރު ނިމޭއިރު ރައްޔިތުން ޤަބޫލުކުރާ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަލާއިރުވެސް އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ އެއް ގައުމުގެ ގޮތުގަ ރާއްޖެ ކަނޑައެޅިގެންދާނެ ކަމަށެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމުގަ މޯލްޑިވްސް 2.0ގެ ދައުރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖްގެ ސަބަބުން ވަރަށް ގިނަ ކަންކަން ހައްލުވެގެންދާނެ ކަމަށެވެ.
"ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދައަށް ބައެއް ފަހަރު އެބައެދޭ ކޯޓުތަކުން، މިނިސްޓްރީތަކުން، އެހެންގޮސް ވަރަށް ގިނަ ތަންތަނުން ދޭ ހުއްދަތަކެއް އެއްކޮށްގެން އަލުން ދައުލަތުގެ އިދާރާއަކަށްލާން މިޖެހެނީ. މޯލްޑިވްސް 2.0ގެ ފުލް އިމްޕްލިމެންޓޭޝަން އައުމަށް ފަހުގަ ދައުލަތުގެ އެހެން އިދާރާއަކުން ދޫ ކުރާ އެހެން ޑޮކިއުމެންޓެއް ދައުލަތުގެ އަނެއް އިދާރާއަަކަށް ހުށަހަޅާކަށް ނުޖެހޭނެ. ދެވަނަ ކަމަކީ ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ ޑޭޓާތައް ގުޅޭނެ. އެންފޯސްމަންޓްވެސް ވަރުގަދަވާނެ. ކޮންމެ އުޅަނދަކަށް އަރާ ބިދޭސީ މީހާއަކީ ކާކުތޯ ދަނެގަނެވޭނެ". ވަޒީރު
ވަޒީރު ވިދާޅުވީ ބަރާބަރަށް ފީ ދައްކާ އަދި ހިއުމަން ޓްރެފިކިންގގެ އެއްވެސް މައްސަލައެއް ސިސްޓަމުން މިހާތަނަށް ފެންނަނަށް ނެތް ކުންފުނިތަކަށް ވައިޓް ލިސްޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"މި ވައިޓް ލިސްޓަކީ ސިސްޓަމް ލެވެލްގެ ލިސްޓެއް. ބަރާބަރަށް މީރާއަށް ދައްކަން ޖެހޭ ފީ ދައްކާ ރަޖިސްޓަރ ކުރެވި ބަރާބަރަށް ރަނގަޅަށް ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވެއްޖެ ނަމަ އަޅުގަނޑުމެންގެ ސިސްޓަމުން އެ ފަރާތުން ޚިދުމަތަކަށް ރިކުއެސްޓްކޮށްފި ނަމަ އޮޓޯއިން އެ ޚިދުމަތް އެކްސެޕްޓް ކުރެވިގެންދާނެ ގޮތެއް އަޅުގަނޑުމެން އެބަ ހަދަން. މިއީ މޯލްޑިވްސް 2.0ގެ ދަށުން އަޅުގަނޑުމެން ލުކްފޯވާޑް ކުރާ ކަންކަމަކީ". ވަޒީރު
ވަޒީރު ވިދާޅުވީ، އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދައި މިއަހަރުގެ ނޮވެމްބަރު 17ވަނަ ދުވަހުގެ ކުރިން ޑީޕޯޓުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އޮޕަރޭޝަން ކުރަނގީގެ ދަށުން މައުލޫމާތު ނަގާފައިވާ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތްވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ:
1. ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ފޮޓޯ އަދި 10 އިނގިލީގެ ނިޝާން ނެގުމާއި
2. ހުއްދަ އޮތް ވިސާއެއްގައި ހުރެ ހުއްދަ ގަވާއިދާ ޚިލާފް މަސައްކަތްކުރާ ބިދޭސީން ހޯދައި ރާއްޖެއިން ޑިޕޯޓް ކުުރުން؛ އަދި
3. ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ބޭރުކުރުމެވެ.
ގުޅުން ހުރި ޙަބަރުތައް

ތިން ރައީސުން އެކުވެ ސަރުކާރާ ދެކޮޅަށް ނުކުތުމަށް ފައްޔާޒު ގޮވާލައްވައިފި
25 މިނިޓު ކުރިން

އަމިއްލަ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ
29 މިނިޓު ކުރިން

ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕުން ނާޒިމް ބޭރުކޮށްފި
4 ގަޑިއިރު ކުރިން

މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރަށް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)