
އަމިއްލަ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ

މުހައްމަދު މުޝްރިފް - 13 މޭ 2026 - 11:38
ރައްޔިތުންގެ މަޖިލީހަށް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބުވުމަށްފަހު ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރި މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބަލައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ކެނދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން ހާމަކުރެއްވި ގޮތުގައި މި ވަގުތު މަޖިލީހުގައި މިފަދަ ހައެއްކަ މެންބަރުން އެބަތިއްބެވެ. މި މެންބަރުންނަކީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރުމަށްފަހު ފަހުން ސިޔާސީ ޕާޓީއަކާ ގުޅުނު މެންބަރުންނެވެ.
މި މައްސަލަ އަލުން ފެންމަތިވެފައި މިވަނީ އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައިގައި ދާދިފަހުން ސުޕްރީމް ކޯޓުން މުހިންމު ނިންމުމެއް ނިންމާފައިވަނިކޮށެވެ. އެހެންކަމުން މިނިވަން މެންބަރުން ޕާޓީތަކަށް ބަދަލުވުމުން އެ މީހުންގެ ގޮނޑިއާ މެދު އުފެދިފައިވާ ސުވާލުތަކަށް އެންމެ މަތީ ކޯޓުން ގޮތެއް ނިންމައިދިނުމަށް އެދި ހުށަހެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އެންޓި ޑިފެކްޝަން ގާނޫނު ބަޔާންކުރާ ގޮތުން އިންތިޚާބުވާ ޕާޓީ ބަދަލުކުރުމުން ނުވަތަ މިނިވަން މެންބަރަކު ޕާޓީއަކަށް ސޮއިކުރުމުން ގޮނޑި ގެއްލޭނެ ކަމަށް އޮންނަ މާއްދާތަކާ މެދު ގާނޫނީ ބަހުސްތަކެއް ވަނީ އުފެދިފައެވެ. ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުމުން މިހާރު މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުންގެ ގޮނޑީގެ ސައްހަކަމާ މެދު ގާނޫނީ ގޮތުން ފަހުގެ ނިންމުމެއް ލިބިގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ތިން ރައީސުން އެކުވެ ސަރުކާރާ ދެކޮޅަށް ނުކުތުމަށް ފައްޔާޒު ގޮވާލައްވައިފި
ގަޑިއިރެއް ކުރިން

ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕުން ނާޒިމް ބޭރުކޮށްފި
5 ގަޑިއިރު ކުރިން

މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރަށް
6 ގަޑިއިރު ކުރިން

ދައުރު ނިމިގެންދާނީ ބިދޭސީންގެ ކަންކަން އެންމެ ރަނގަޅަށް ކުރާ ޤައުމުތަކުގެ ތެރޭގަ ރާއްޖެ ހިމެނިގެން: ވަޒީރު އިހްސާން
6 ގަޑިއިރު ކުރިން


.gif&w=3840&q=75)