
ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕުން ނާޒިމް ބޭރުކޮށްފި

އާމިނަތު ޝަޒްލާ - 13 މޭ 2026 - 08:24
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ރަސްމީ ވަޓްސްއެޕް ގުރޫޕުން، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ބޭރުކޮށްލައިފިއެވެ.
މެމްބަރު ނާޒިމު ގްރޫޕުން ބޭރުކޮށްފައި ވާއިރު، އެގުރޫޕްގެ އެޑްމިންގެ ގޮތުގައި އިންނަވަނީ ރައީސުލްޖުމުހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީންވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. ނާޒިމުގެ ބަދަލުގައި 241 ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު އަބްދުﷲ އެވެ. އަދިމާލިއްޔަތު ކޮމިޓީ އަށް ނާޒިމުގެ ބަވަދަލުފައި އައްޔަންކޮށްފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.
ކޮމިޓީތަކުން ވަކިކުރި މައްސަލައާ ގުޅޭގޮތުން ނާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ، އެ ބަދަލަކީ މަސައްކަތް ހުރިގޮތުން އެ ދެ ކޮމިޓީއަށް ވަގުތު ނުދެއްވޭތީ އޭނާގެ އެއްބަސްވުމާއެކު ގެނައި ބަދަލެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރަށް
5 ގަޑިއިރު ކުރިން

ދައުރު ނިމިގެންދާނީ ބިދޭސީންގެ ކަންކަން އެންމެ ރަނގަޅަށް ކުރާ ޤައުމުތަކުގެ ތެރޭގަ ރާއްޖެ ހިމެނިގެން: ވަޒީރު އިހްސާން
5 ގަޑިއިރު ކުރިން

ސައުތު އޭޝިއަން ވެއިޓްލިފްޓިން ފެޑެރޭޝަނުގެ ނައިބަކަށް ހަމީދް އިންތިޚާބުކޮށްފި
7 ގަޑިއިރު ކުރިން

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ރައީސްގެ ޤަރާރަކުން ހަމަޖައްސަވައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)