
ސައުތު އޭޝިއަން ވެއިޓްލިފްޓިން ފެޑެރޭޝަނުގެ ނައިބަކަށް ހަމީދް އިންތިޚާބުކޮށްފި

އާމިނަތު ޝަޒްލާ - 13 މޭ 2026 - 04:36
ސައުތު އޭޝިއަން ވެއިޓްލިފްޓިން ފެޑެރޭޝަންގެ ނައިބު ރައީސްގެ މަގާމަށް ރާއްޖޭގެ ވެއިޓްލިފްޓިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދް އިންތިޚާބުކޮށްފިއެވެ. ސައުތް އޭޝިއަން ވެއިޓްލިފްޓިން ފެޑެރޭޝަންގެ އެގްޒެކެޓިވް ބޯޑަށް މެންބަރުން އައްޔަންކޮށްފައިވަނީ މި ސަރަހައްދުގެ ވެއިޓްލިފްޓިން ކޮމިއުނިޓީތަކުގެ ތެރެއިންނެވެ.
ސައުތް އޭޝިއަން ވެއިޓްލިފްޓިން ފެޑެރޭޝަނަކީ ސަރަހައްދީ ފެންވަރުގައި ވެއިޓްލިފްޓިން ކުރިއެރެވުމުގެ މަގްސަދުގައި މުޅިން އަލަށް އުފައްދާފައިވާ ފެޑެރޭޝަނެކެވެ. މި ފެޑެރޭޝަން އުފެއްދިކަން އިއުލާންކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އިންޑިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ވެއިޓްލިފްޓިން ޗެންޕިއަންޝިޕްގެ ހަވާސާގެ ތެރެއިން ކުރިއަށްގެންދިޔަ ސައުތް އޭޝިއާ ވެއިޓްލިފްޓިން ފެޑެރޭޝަނުގެ ފުރަތަމަ ކޮންގްރެސްގައެވެ.
މި ފެޑެރޭޝަންގެ ރައީސަކަށް އިންތިޚާބުކޮށްފައިވަނީ އިންޑިއަން ވެއިޓްލިފްޓިން ފެޑެރޭޝަން (އައިޑަބްލިއުއެލްއެފް)ގެ ރައީސްކަންކުރައްވަމުން ގެންދަވާ ޑރ. ސަހްދޭވް ޔާދަވްއެވެ.
މި ފެޑެރޭޝަނުގެ އަމާޒަކީ ސަރަހައްދީ އެންމެހާ ޤައުމުތަކަށް މި ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ސަރަހައްދީ ފެންވަރެއްގައި ވެއިޓްލިފްޓިން ތަރައްގީކުރުމެވެ.
ގުޅުން ހުރި ޙަބަރުތައް

ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕުން ނާޒިމް ބޭރުކޮށްފި
3 ގަޑިއިރު ކުރިން

މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރަށް
5 ގަޑިއިރު ކުރިން

ދައުރު ނިމިގެންދާނީ ބިދޭސީންގެ ކަންކަން އެންމެ ރަނގަޅަށް ކުރާ ޤައުމުތަކުގެ ތެރޭގަ ރާއްޖެ ހިމެނިގެން: ވަޒީރު އިހްސާން
5 ގަޑިއިރު ކުރިން

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ރައީސްގެ ޤަރާރަކުން ހަމަޖައްސަވައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)