logo

ތިން ރައީސުން އެކުވެ ސަރުކާރާ ދެކޮޅަށް ނުކުތުމަށް ފައްޔާޒު ގޮވާލައްވައިފި

profile

މުހައްމަދު މުޝްރިފް - 13 މޭ 2026 - 11:43

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވަޔާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ތުހުމަތުކުރައްވައި، ތަފާތު ސިޔާސީ ފިކުރުތައް އެއްފަރާތްކޮށް އިދިކޮޅު ލީޑަރުން ގައުމު ސަލާމަތްކުރަން ނުކުތުމަށް ކުރީގެ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ގޮވާލައްވައިފިއެވެ.

https://wamco.com.mv/

ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޅި ދައުލަތް ހިސޯރުކޮށްގެން ހުންނެވި ރައީސް މުއިއްޒު ހުންނެވީ ބުއްދި ފިލައިގޮސްފައި ކަމަށެވެ. އަދި މި ވަގުތަކީ ރައީސް ނަޝީދާއި، ރައީސް ސާލިހު އަދި ރައީސް ޔާމީނު އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުން ފާޅުކުރަންޖެހޭ ކަމަށް ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ، ތިން ރައީސުންނާއެކު މި މަސައްކަތުގައި ފަސްޖެހުމެއް ނެތި ބައިވެރިވުމަށް ތައްޔާރަށް ތިބި ކަމަށެވެ.

މީގެ އިތުރުން، ހައްޔަރުކޮށްފައިވާ ނޫސްވެރިން މިހާރުން މިހާރަށް މިނިވަން ކުރުމަށް އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކަށް ފައްޔާޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ފަހަކަށް އައިސް ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުން އިތުރުވެ، ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ހާއްސަކޮށް ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ދައުލަތުގެ ބާރުތައް ބޭނުންކުރާ ގޮތާ މެދު އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk