
ލަންކާއާ އެކު އޮތީ ޒަމާންވީ ހާއްސަ ގުޅުމެއް: ރައީސް

މުޙައްމަދު ހަފީޒް - 04 ފެބްރުއަރީ 2025 - 06:42
ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮތީ ޒަމާންވީ ވަރަށް ހާއްސަ ގުޅުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ ލަންކާގެ 77 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިިގެން އެ ގައުމުގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ އާއި ބޮޑުވަޒީރު ހަރިނީ އަމަރަސޫރިއާ އަށް ތަހުނިޔާ ވިދާޅުވެ އާންމުކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ރާއްޖެ އާއ ލަންކާއާ އިހުުތިރާމުގެ މައްޗަށް ބިނާވެފައި އޮތް ވަރަށް ހާއްސަ ވަރުގަދަ ގުޅުމެއް ކަމަށެވެ. އެހެންވެ އަވައްޓެރިކަމުގެ އެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ދެމިގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރައީސް ވަނީ ލަންކާގެރައްޔިތުންނަށް އަމާންކަމާއި ފާގަތި ކަަމަށް އެދިވަޑައިގަންނަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އާސަންދައިގެ ތެރެއިން އެމްބިއުލާންސްގެ ހިދުމަތް ވެސް ދެނީ: ރައީސް
9 ދުވަސް ކުރިން

ލަންކާގައި ޙަރަދުކުޑަކުރަން ހަފްތާއަކު 4 ދުވަހު އޮފީސްތައް ހުޅުވާގޮތަށް ނިންމައިފި
23 ދުވަސް ކުރިން

ލަންކާ އަށް ކުރިމަތިވި ތޫފާނުން ދިވެހިން ދެއްކީ ރީތި ނަމޫނާއެއް: ސަފީރު
2 މަސް ކުރިން

ސްރީލަންކާ އަކީ ދިވެހިންގެ ދެވަނަ "ގެ": ޑރ ހަލީލް
2 މަސް ކުރިން


.gif&w=3840&q=75)