
ސްރީލަންކާގައި މާބަނޑު އަންހެނަކަށް ވަޅިން ހަމަލާދީ މަރާލައިފި

ރިޟްވާން މޫސާ - 05 ސެޕްޓެމްބަރު 2026 - 16:09
ސްރީލަންކާގައި އުމުރުން 26 އަހަރުގެ މާބަނޑު އަންހެނަކަށް ވަޅިން ހަމަލާދީ އިއްޔެ މަރާލައިފިއެވެ.
ލަންކާގެ އަވަށެއް ކަމަށްވާ ކަލްޕިޓިއާގައި މި ހާދިސާ ހިނގިކަން ކަށަވަރުކޮށްދީ ފުލުހުން ބުނީ އަންހެން މީހާ މަރާލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަމަށެވެ. ޕަލަކުޑަވާއަށް އުފަން އެ އަންހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށެވެ.
އަންހެން މީހާއަށް ކަލްޕިޓިޔާ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވިއިރު، އެމީހާއަށް ލިބުނު ޒަހަމްތަކުގައި ދަރިފުޅު ވެސް ވަނީ މަރުވެފައެވެ.
އާއިލީ މައްސަލަތަކެއްގެ ސަބަބުން މި ހާދިސާ ހިނގި ކަމަށް ބެލެވޭ އިރު، ހަމަލާ ދިން ކަމަށް ފުލުހުން ތުހުމަތު ކުރީ، އަންހެން މީހާއާ އެކީގައި ދިރިއުޅެމުން އައި މީހާއަށެވެ. ހާދިސާ ހިނގިތާ 45 މިނެޓް ތެރޭގައި 36 އަހަރުގެ މީހާ ހައްޔަރުކޮށްފައިވެއެވެ.
ފުލުހުން ކުރި ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، އެ އަންހެން މީހާ، ފިރިމީހާއާ ވަކިވެ އުޅެމުން ދިޔައީ އެހެން މީހަކާ އެކުގައެވެ.
ލަންކާގެ ފުލުހުން މިހާރު މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ހައްޔަރުކޮށްފައިވާ ފިރިހެން މީހާ އަކީ މަސްތުގެ ހާލުގައި ގިނަ ވަގުތު ހުންނަ މީހެއްކަމަށް ވެސް މީިޑިޔާ ރިޕޯރޓް ތައް ބުނެ އެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އިލެކްޝަންސް ޗީފްއާ ދެކޮޅަށް ކުރިއަށްދާ އިހުތިޖާޖާ ގުޅިގެން ދިއްލީގެ ބައެއް މެޓްރޯ ސްޓޭޝަންތައް ބަންދުކޮށްފި
17 ގަޑިއިރު ކުރިން

ސަރުކާރުގެ ސިޔާސަތުތަކަށް ރައީސް ޔާމީންގެ ތޫނު ސުވާލުތަކެއް!
ދުވަހެއް ކުރިން

ވެރިއަކު ދިވެހީންގެ ބިމަކަށް ޢައްދާރުވުން! ބޮޑު އަނިޔާއެއް
ދުވަހެއް ކުރިން

މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު 14 ގައި ބޭއްވުމަށް ނިންމައިފި
2 ދުވަސް ކުރިން


