
ނިމިދިޔަ މަހުގެ ނިޔަލަށް މަސްވެރިންނަށް 14.5 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފި

އާމިނަތު ޝަޒްލާ - 05 ސެޕްޓެމްބަރު 2026 - 14:21
މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، މީގެކުރިން މަސްވެރިންނަށް އެކަށީގެންވާ އަޅާލުމެއް ނުލިބި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ވަނީ މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައެވެ. އަދި އެހެން ވަޒީފާތަކުގައި އުޅޭ މީހުންނެކޭ އެއްފަދައިން، މަސްވެރިންނަކީވެސް ދައުލަތް ދަންނަ، އިޤްތިޞާދީ ގޮތުން ބާރުވެރި ބަޔަކަށް ހެއްދެވުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
މި ސިޔާސަތުގެ ދަށުން މަސްވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަމާއި ފައިނޭންސް ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މަސްވެރިކަމާ ބެހޭ ވުޒާރާއާ ދެމެދު މިދިޔަ އަހަރުގެ އޭޕްރިލް މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން އަންނަނީ މަސްވެރިންނަށް ޚާއްޞަ ލޯނު ދޫކުރަމުންނެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ނިމިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 113 މަސްވެރިއަކަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާ ކަމަށެވެ. މި ލޯނުތައް ދޫކުރަމުން ދަނީ "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށެވެ.
"މަސްވެރިޔާ ޕޯޓަލް" އަކީ މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް، އިސްލާމިކް ފައިނޭންސިންގ ގެ އެކި ސްކީމްތަކަށް ފަސޭހަކަމާއެކު އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލެކެވެ.
މި ޕޯޓަލް މެދުވެރިކޮށް މަސްވެރިންނަށް ގިނަގުނަ ފުރުޞަތުތަކެއް ފަހިވެގެންދާއިރު، އޭގެ ތެރޭގައި ގެދޮރު ޢިމާރާތްކުރުމަށާއި މަރާމާތުކުރުމާއި، މަސްވެރިކަމުގެ ސާމާނު ހޯދުމާއި އައުކުރުމުގެ އިތުރުން، ދަރިންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމަށް އެހީތެރިކަން ލިބިގެންދެއެވެ. މީގެއިތުރުން، އޮޑިދޯނިފަހަރު ބަނުމަށާއި، ގަތުމަށާއި މަރާމާތުކުރުމުގެ އިތުރުން ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށް ބޭނުންވާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތުވެސް މި ޕޯޓަލްގެ ތެރެއިން ވަނީ ހުޅުވާލެވިފައެވެ.
މި ލޯނު ސްކީމަކީ މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މާލީ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅެކެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އިލެކްޝަންސް ޗީފްއާ ދެކޮޅަށް ކުރިއަށްދާ އިހުތިޖާޖާ ގުޅިގެން ދިއްލީގެ ބައެއް މެޓްރޯ ސްޓޭޝަންތައް ބަންދުކޮށްފި
17 ގަޑިއިރު ކުރިން

ސަރުކާރުގެ ސިޔާސަތުތަކަށް ރައީސް ޔާމީންގެ ތޫނު ސުވާލުތަކެއް!
ދުވަހެއް ކުރިން

ވެރިއަކު ދިވެހީންގެ ބިމަކަށް ޢައްދާރުވުން! ބޮޑު އަނިޔާއެއް
ދުވަހެއް ކުރިން

މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު 14 ގައި ބޭއްވުމަށް ނިންމައިފި
2 ދުވަސް ކުރިން


