
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު އިޤްތިޞާދަށް އާރޯކަން ގެނެސްދޭނަން: ޝާހިދު

އާމިނަތު ޝަޒްލާ - 05 ސެޕްޓެމްބަރު 2026 - 12:29
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަންދީ، ހީނަރުވެފައިވާ ދިވެހިންގެ މާލީ ހާލަތު ރަނގަޅުކޮށް، އިޤްތިޞާދަށް އަލުން އާރޯކަމާއި ފާގަތިކަން ގެނެސްދެއްވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ، ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ސިޓީގެ މަޝްހޫރު ހޮނިހިރު ބާޒާރަށް ޒިޔާރަތްކުރެއްވުމަށްފަހު، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރޭގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ޝާހިދު މިއަދު ވަނީ ބޮޑުތިލަދުންމަތީގައި އޮންނަ އެންމެ ބޮޑު ބާޒާރު ކަމަށްވާ، ކުޅުދުއްފުށީ ހޮނިހިރު ބާޒާރަށް ޒިޔާރަތްކުރައްވާފައެވެ. އެ ބާޒާރަކީ ކުޅުދުއްފުށީގެ އިތުރުން އަވައްޓެރި ރަށްރަށުން ވެސް ގިނަ އަދަދެއްގެ މީހުން ހަފްތާ ބަންދުގައި ވިޔަފާރިކުރުމަށް ޖަމާވާ ބާޒާރެކެވެ.
ޝާހިދު ވިދާޅުވީ، މި ބާޒާރުން ބައްދަލުވި ބައެއް މީހުންނާ ޚިޔާލު ބަދަލުކޮށް، ރައްޔިތުންގެ ޢާންމު އިޤްތިޞާދީ ޙާލަތު ވަޒަންކޮށްލެވުނު ކަމަށެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކީ ޤައުމުގެ އިޤްތިޞާދީ މައިބަދަ ކަމަށް ފާހަގަކުރައްވަމުން، އެމަނިކުފާނުގެ ސަރުކާރެއްގައި މިފަދަ ވިޔަފާރިތަކަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކީ އިޤްތިޞާދީ މައިބަދަ. އަޅުގަނޑުގެ ސަރުކާރެއްގައި މިފަދަ ވިޔަފާރިތަކަށް އިސްކަންދީ، ހީނަރުވެފައި މި އޮތް ދިވެހީންގެ މާލީ ޙާލަތު ރަނގަޅުކޮށް، ދިވެހި އިޤްތިޞާދަށް އަލުން އާރޯކަމާއި ފާގަތިކަން ގެނެސް ދޭނަން،" ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން، އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޖަލްސާ މިރޭ 8:30 ގައި ކުޅުދުއްފުށި ސިޓީގެ ބަންޑާރަ މައިދާނުގައި އޮންނާނެކަން ހާމަކުރައްވައި، ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ އެމްޑީޕީގެ އެންމެހާ މެންބަރުންނަށް އެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޝާހިދު ވަނީ ދަޢުވަތު އަރުވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސްރީލަންކާގައި މާބަނޑު އަންހެނަކަށް ވަޅިން ހަމަލާދީ މަރާލައިފި
17 ގަޑިއިރު ކުރިން

ނިމިދިޔަ މަހުގެ ނިޔަލަށް މަސްވެރިންނަށް 14.5 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފި
19 ގަޑިއިރު ކުރިން

އީރާނުގެ ތެޔޮ ބޯޓަކަށް އެމެރިކާގެ ވަރުގަދަ މިސައިލް ޙަމަލާއެއް!
19 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ތޮއްޖެހިފައިވާ މަގުތައް: ފައިމަގުގައި އުޅޭ ރައްޔިތުންގެ ކެކުޅުން!
ދުވަހެއް ކުރިން


