logo

ދެމަހަށް ހަމަލާތައް ހުއްޓާލުމުގެ ބަދަލަށް އިސްރާއީލުގެ 9 ގައިދީން މިނިވަން ކުރަން އެއްބަހެއް ނުވަން: ހަމާސް

profile

ސައިފް އަޒުހަރު - 19 މޭ 2025 - 07:12

ދެމަސް ދުވަހަށް ހަމަލާތައް ހުއްޓާލުމުގެ ބަދަލަށް އިސްރާއީލުގެ 9 ގައިދީން މިނިވަން ކުރުމަށް އެއްބަސްވެފައި ނުވާނޭ ކަމަށް ހަމާސްއިން ބުނެފިއެވެ.

https://wamco.com.mv/

ހަމާސްގެ އިސް ބޭފުޅެއް ކަމަށްވާ ސާމީ އަބޫ ޒުހްރީ ވިދާޅުވީ، ފަތުރަމުންދާ ރިޕޯޓްތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

ސާމީ އަބޫ ޒުހްރީ ވިދާޅުވީ، ބައިނަލްއަޤްވާމީ ޔަގީންކަމުގެ ދަށުން ހަނގުރާމަ ނިންމާލަން އިސްރާއީލުން އެއްބަސްވެއްޖެނަމަ، އިސްރާއީލުގެ ހުރިހާ ގައިދީން މިނިވަންކުރަން ހަމާސް އޮތީ ތައްޔާރަށް ކަމަށެވެ.

ސާމީ ވިދާޅުވީ، ހަމާސްގެ އަމިއްލަ އިސް ނެގުމުގެދަށުން އެމެރިކާ ސިފައިންގެ މީހާ އީޑަން މިނިވަންކުރީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމުގެ މާހައުލެއް އުފެއްދުމުގެ ގޮތުން ކަމަށެވެ.

އެހެން ނަމަވެސް، ހަމާސްއިން ކުރި މަސައްކަތް އެމެރިކާ ސަރުކާރުން ބަލައި ނުގަތް ކަމަށް ސާމީ އަބޫ ޒުހްރީ ވިދާޅުވިއެވެ.

އިސްރާއީލު ސިފައިން ޣައްޒާ "ހުސްކޮށްލުމުގެ" އުދުވާނު އިއްޔެ ފަށާފައިވާއިރު، މުޖުރިމު ނަތަންޔާހޫ ބުނެފައިވަނީ، އިސްރާއީލުން ހަނގުރާމަ ހުއްޓާލާނީ ހަމާސް، ޣައްޒާއިން އެއްކޮށް ފައިބައި އަދި ޣައްޒާއަކީ ހަތިޔާރުނެތް ތަނަކަށް ހަދަން ހަމާސްއިން އެއްބަސްވުމުން ކަމަށެވެ.

އަދި މުސްތަގްބަލުގައިވެސް ޣައްޒާގައި ހަމާސްގެ އެއްވެސް ދައުރެއް އޮވެގެން ނުވާނޭ ކަމަށް، ނަތަންޔާހޫ ޝަރުތުކޮށްފައި ވެއެވެ.

ހަމާސްގެ އިސް އޮފިޝަލް ސާމީ އަބޫ ޒުހްރީ ވިދާޅުވީ، ހަމާސްގެ މުސްތަގްބަލާމެދު ހަމާސް ކަންބޮޑު ނުވާ ކަމަށެވެ.

ހަމަ އެއާއެކު، އަސްކަރީ ގޮތުން ބޮޑުތަނުން ތަފާތު ހުއްޓަސް، އިސްތިއުމާރީ ސިފައިންނާ ދެކޮޅަށް ހަމާސްއިން ހިންގާ އޮޕަރޭޝަންތައް ހުއްޓާނުލާ ކުރިއަށްދާ ކަމަށް ސާމީ ވިދާޅުވިއެވެ.

ހަމާސްއިން އިއްޔެވެސް ބުނެފައިވަނީ، ފަލަސްތީނު ރައްޔިތުންގެ މައްޗަށް ވެރިކަންކުރާނޭ ލީޑަރުން އިޚްތިޔާރު ކުރާނީ ފަލަސްތީނު ރައްޔިތުން ކަމަށާއި، އެކަމަށް ބޭރުގެ ބާރުތަކަށް ގޮތްފާޑު ނުކިޔޭނޭ ކަމަށެވެ.

https://etukuri.mv/
https://www.aslu.com.mv