
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް
މީހުން ފިއްތައިގެން އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ: މީކާއިލް

މުޙައްމަދު ފަޟްލޫން - 07 އޮކްޓޯބަރު 2026 - 07:44
މީހުންނަށް ބިރުދައްކައި، ފިއްތުންތައް ކުރިމަތިކޮށްގެން އިންތިހާބުތައް ކާމިޔާބު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް އޮއްބާލައި، އެކަމާ ގުޅޭގޮތުން އަޑުއުފުލާ ފަރާތްތަކުގެ އަނގަބަންދު ކުރުމަށް ކަމަށެވެ.
މީގެއިތުރުން، ޑޮލަރުގެ ދަތިކަމާ ގުޅިގެން ދެކެވޭ ވާހަކަތައް ވެސް ފޮރުވައި، އެ މައްސަލަ އޮއްބާލުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީކާއިލް އިތުރަށް ވިދާޅުވީ، ސަރުކާރުން މަޖިލިސް މެދުވެރިކޮށް ރާއްޖޭގެ ވިޔަފާރިވެރިންނަށް ބިރުދައްކައި، ބްލެކްމެއިލް ކުރުމުގެ އަމަލުތަކެއް ހިންގަމުންދާ ކަމަށެވެ. އަދި މިފަދަ ބިރުދެއްކުންތަކުގެ ސަބަބުން، ރާއްޖޭގައި އިންވެސްޓް ނުކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން އައްޔަނުކުރި އެޑްވައިޒަރަކު ވެސް މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ރާއްޖޭގައި އިތުރަށް އިންވެސްޓް ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވައި، އެކަމާ ގުޅޭގޮތުން ސަރުކާރުން ވާހަކަ ނުދައްކާތީ މީކާއިލް ވަނީ ސުވާލު އުފައްދަވާފައެވެ.
ހަމައެއާއެކު، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާ ގުޅޭގޮތުން ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ވެސް، ވިޔަފާރިވެރިންނަށް ބިރުދައްކައި ބްލެކްމެއިލް ކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ބިލެއް ކަމަށް މެންބަރު މީކާއިލް ވަނީ ތުހުމަތު ކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޝިރަންތީ ރާޖަޕަކްސާ ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ބެންކޮކުން ދިވެހިންތަކެއް ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ދާއިރާއިން އެހީފޯރުކޮށްދޭން އެއްބަސްވުމެއް ގާއިމްކޮށްފި
8 ގަޑިއިރު ކުރިން

ކާބޯތަކެތީގެ ބަންދުކުރުމާއި ބެހޭ ގަވާއިދަށް އަހުލުވެރިކުރުވަން ޝެޝަން އެއް ކުރިއަށްގެންގޮސްފި
11 ގަޑިއިރު ކުރިން


