logo

އަޅުގަނޑުގެ ވެރިކަމެއްގައި އެންމެންވެސް ހަމަހަމަ ވާނެ، ހަމަ ހުރިހައި ޙިދުމަތެއްވެސް ލިބެންވާނެ" ރައީސް

profile

ރިޟްވާން މޫސާ - 14 އޯގަސްޓު 2026 - 10:45

އެމަނިކުފާނުގެ ވެރިކަމެއްގައި ހުރިހައި ރައްޔިތުންވެސް ހަމަ ހަމަ ވާނެ ކަމަށާއި، މާލެ ސަރަހައްދާ އައތޮޅު ތެރެއިން ކަމުގައި ވިނަމަ ވެސް ހުރިހައި ޙިދުމަތެއް އެންމެ ރަގަޅު ފެންވަރުގައި ފޯރުކޮށްދެއްވާނެ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ "ދަ ޕާލްސް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ކޮންމެ ރައްޔިތަކީ ވެސް ހަމަހަމަ ރައްޔިތެއްކމަަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ ރައްޔިތަކީ އެންމެ ކުޑަ ރަށަކަށް ނިސްބަތްވެފައިވާ ރައްޔިތެއްކަމުގައިވިނަމަވެސް ކޮންމެހެން ގާއިމުކޮށްދީގެން ފޯރުކޮށްދޭން ޖެހޭ އެންމެހައި ޙިދުމަތްތަކުން އެއްވެސް ރަށެއް އާބާދީ ކުޑަ ކަމުގައިވިނަމަވެސް ތަފާތު ނުކުރައްވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ތަފްސީލީ ގޮތެއްގައި ވިދާޅުވެފައިވަނީ ރައްރަށުގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުތަކާއި، ސިއްޙީ ޙިދުމަތްދޭ ތަންތަނުގެ އިތުރުން ބެންކިން ނިޒާމުގެ ތެރެއިން އޭޓީއެމްއާއި، އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކާއި، މި ނޫންވެސް ބައެއް ކަންކަމުގެ ވާހަކަތަކެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މީގެ ކުރިން ކޮންމެ ރަށެއްގައި މިފަދަ ވަސީލަތްތައް ނުހުންނާނެ ކަމަށާއި، އެމަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން ހުރިހައި ރަށެއްގައިވެސް މި ޙިދުމަތްތައް ގާއިމުކުރެވި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި، ބަނދަރުގެ ދަތިކަމާއި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.

https://wamco.com.mv/
tel:+9607331319