
ރައްޔިތުންނަށް ފިއްލަވަން ނޫޅުއްވާ! އެމްޑީޕީން އަޑު އުފުލާނަން: ސިއްޕެ

ރިޟްވާން މޫސާ - 14 އޯގަސްޓު 2026 - 12:44
ރައްޔިތުންނަށް ފިއްލަވަން ސަރުކާރުން ނޫޅުއްވުމަށް ދަންނަވާ ކަމަށާއި، އެމްޑީޕީން ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމުގަިއ ފަހަތައް ނުޖެހޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ވަނީ މާލޭގެ މާފަންނު މަޖީދީމަގު ސޯޝަލް ސެންޓަރު ސަރަހައްދުން ފެށިގެން މަޖީދީމަގުން މުޒާހަރާ ކުރިއަށްގެންގޮސްފަ އެވެ.
އެމްޑީޕީން ރާވާފައިވަނީ މި މުޒާހަރާ މަޖީދީމަގުގައި ކުރިއަށްގެންދިއުމަށެވެ. ނަމަވެސް ފުލުހުން ވަނީ ސްޓާރ ބިލްޑިންގ ހިމެނޭ ސަރަހައްދު ކުރިމަތިން މުޒާހަރާގެ ބައިވެރިން އިތުރަށް ކުރިއަށް ނުދެވޭނެހެން ހުއްޓުވާފަ އެވެ.
ފުލުހުންގެ ސަފުތައް އެއްފަރާތްވެ މުޒާހަރާގެ ބައިވެރިން އަޑު އުފުލުމުގެ ފުރުސަތު ދެއްވުމަށް ގޮވާލައި ސިއްޕެ ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރައްޔިތުންނަށް ފިއްލަވަން ނޫޅުއްވުމަށް އެމްޑީޕީން ގޮވާލާ ކަމަށެވެ. އަދި ވިދާޅުވީ މުޒާހަރާ ކުރާނެ ކަމަށާއި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން އަޑު އުފުލާނެ ކަމަށެވެ.
އެމްޑީޕީން ވަނީ ރޭގެ މުޒާހަރާ ނިންމާލުމަށްފަހު އެޕާޓީން ޑިމާންޑް ކޮށްފައިވާ ކަންކަމަށް ސަރުކާރުން ޖަވާބުދާރީ ނުވެއްޖެނަމަ އަދިވެސް މި މުޒާހަރާ ތައް މަޖީދީ މަގުގައި ބާއްވާނެ ކަން އިއުލާނުކުރައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮލަމްބިއާގެ ބިންހެލުން: އިމާރާތްތަކުގެ ދަށުގައިވާ މީހުން ހޯދުމުގެ އުންމީދު ފަނޑުވަނީ
5 ގަޑިއިރު ކުރިން

އަންނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެ: ރައީސް
5 ގަޑިއިރު ކުރިން

ޤައުމީ ދުވަސް: އުތީމު މަހާރަދުންގެ މަތިވެރި ޖިހާދާއި ގައުމީ ސަލާމަތުގެ ރަމްޒު
6 ގަޑިއިރު ކުރިން

އަޅުގަނޑުގެ ވެރިކަމެއްގައި އެންމެންވެސް ހަމަހަމަ ވާނެ، ހަމަ ހުރިހައި ޙިދުމަތެއްވެސް ލިބެންވާނެ" ރައީސް
7 ގަޑިއިރު ކުރިން


