
އެއް މަސް ތެރޭގައި ލިބޭނެ ކަމަށް ބުނި އައިނު ދެ މަސް ވާއިރު ވެސް ނުލިބޭ ޝަކުވާ ބޮޑުވެއްޖެ

އާމިނަތު ޝަޒްލާ - 21 އޯގަސްޓު 2026 - 09:49
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހުޅުވި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް "އެމްސީޖީއެޗް" އައިނު ފިހާރައިން އަމިއްލަ ޖީބުން އެއްވެސް ހަރަދެއް ނުކޮށް ހަދައިދޭ ނަންބަރު އައިނު، އެއް މަސް ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ބުނި ނަމަވެސް ދެ މަސް ވެގެން ދިޔައިރު ވެސް އައިނު ނުލިބިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
އާސަންދައިގެ ދަށުން ރައްޔިތުންނަށް އެއްވެސް އަގަކާ ނުލައި ފަސޭހަކަމާއެކު ނަންބަރު އައިނު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އައިޖީއެމްއެޗުގައި ގާއިމުކުރި "އެމްސީޖީއެޗް" ގެ މި ފިހާރަ ރަސްމީކޮށް ހުޅުއްވައިދެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި ހިދުމަތް ފެށުމާއެކު އެމްސީޖީއެޗުން ހާމަކޮށްފައިވަނީ، މި ވިޔަފާރި ކުރިއަށް ގެންދާނީ އެ ހޮސްޕިޓަލުން އަމިއްލައަށް ފްރޭމާއި ލެންސު ރާއްޖެއިން ބޭރުން އެތެރެކޮށްގެން ކަމަށެވެ. އަދި އައިނު ހެއްދުމަށް އޯޑަރު ދޭތާ ގިނަވެގެން އެއް މަސް ދުވަހުގެ ތެރޭގައި އައިނު ލިބޭނެ ކަމުގެ ޔަގީންކަން ވެސް އެމްސީޖީއެޗުން ކުރިން ވަނީ ދީފައެވެ.
ނަމަވެސް، ހިދުމަތް ހޯދި ބައެއް ފަރާތްތަކުން ބުނަމުންދަނީ އައިނު ހައްދަން ދިންތާ ދެ މަސް ދުވަސް ވެގެން ދިޔައިރު ވެސް އައިނު ލިބިފައި ނުވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ސުވާލު ކުރުމުން، ނަމަވެސް މިހިދުމަތް ހޯދާ ބައެއް ފަރާތްތަކުން ބުނަނީ އައިނު ނުލިބި ލަސްވަނީ ބޭރުން ފްރޭމާއި ލެންސް ގެނައުމުގައި ދިމާވެފައިވާ ދަތިތަކާ ހުރެ ކަމަށް އެ ފިހާރައިން ބުނާ ކަމަށް ހިދުމަތް ހޯދަން ދިޔަ ފަރާތްތަކުން މައުލޫމާތު ދެއެވެ.
އާންމުންގެ ޖީބަށް ބުރަ ނުވާނެހެން ފެންވަރު ރަނގަޅު އައިނު ފޯރުކޮށްދިނުމުގެ މަގުސަދުގައި ފެށި މި ހިދުމަތް ލަސްވަމުންދާތީ، ކޮންމެހެން އައިނު ބޭނުންވާ ގިނަ ފަރާތްތަކަކަށް މިހާރު ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފެނަކައިން މުވައްޒަފުން ވަކިކުރި މައްސަލައިގައި އިހުތިޖާޖަށް ނުކުތުމަށް އައްޑޫ މޭޔަރު ގޮވާލައްވައިފި
6 ގަޑިއިރު ކުރިން

ދެކުނުގެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ލިޔެވިފައިވާ ފޮތްތަކެއްގެ ވާހަކަ ރައީސް ނަޝީދު ހިއްސާކުރައްވައިފި
6 ގަޑިއިރު ކުރިން

ހއ. ކެލާގެ އިޖުތިމާޢީ ކުއްލި އެހީތެރިކަން ދޭ ޓީމު ތަމްރީނުކޮށްފި
6 ގަޑިއިރު ކުރިން

މާރާމާރީ ހިންގައި އިންޒާރުދިން ދެމީހަކު ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން


