logo
ތިއޯ ހެނާންޑޭޒް

ތިއޯ ހެނާންޑޭޒް

އޭސީ މިލާނުގެ ޑިފެންޑަރު ތިއޯ ހެނާންޑޭޒް އަލް ހިލާލަށް

profile

ހަސަން ޝަމްއޫން - 08 ޖުލައި 2025 - 05:30

އިޓަލީގެ އޭސީ މިލާނުގެ ޑިފެންޑަރު ތިއޯ ހެނާންޑޭޒް ހޯދުމަށް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ހިލާލުން އޭސީ މިލާނާއި އެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށް އިޓަލީ މީޑިއަތަކުން ރިޕޯޓްކޮށްފިއެވެ.

https://wamco.com.mv/

2019 ވަނަ އަހަރު ރެއާލް މެޑްރިޑުން 23 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައި އޭސީ މިލާނާއި ގުޅުނު ފްރާންސް ޑިފެންޑަރު ހެނާންޑޭޒް އަލް ހިލާލަށް ވިއްކާލުމަށް އެކުލަބުން އެއްބަސްވެފައި ވަނީ 25 މިލިއަން ޔޫރޯގެ އަގަކަށެވެ.

އުމުރުން 27 އަހަރުގެ ޑިފެންޑަރު ވަނީ ފާއިތުވެދިޔަ ހަ އަހަރު ތެރޭގައި އޭސީ މިލާނުގައި މޮޅު ކުޅުމެއް ދެއްކުމުގެ އިތުރުން 2021/22 ވަަނަ ސީޒަނުގެ ލީގު ޗެންޕިއަންކަން އެޓީމަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

މީގެ އިތުރުން އަލް ހިލާލުން ހެނާންޑޭޒަށް އަހަރު 15 މިލިއަން ޔޫރޯގެ މުސާރައެއް ހުށަހަޅާފައިވާއިރު، ކުޅުންތެރިއާގެ ފަރާތުން މިއަދަދު 20 މިލިއަން ޔޫރޯއަށް އެއަދަދު ބޮޑުކުރުމަށް ހުށަހަޅާފައިވާކަމަށް ވެސް އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮއްފައެވެ.

https://etukuri.mv/
https://www.aslu.com.mv