logo

ވިލިމާލެ ހޮސްޕިޓަލް ހިންގުން އަމާން ހިޔާ އިމާރާތަށް ބަދަލުކުރަނީ

profile

ޒިދާން މުޙައްމަދު - 23 ޖޫން 2025 - 06:40

ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން ހުސްކުރުމަށް ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން އަމާން ހިޔާ ހިންގި އިމާރާތަށް ބަދަލު ކުރުމަށް މިނިސްޓްރީ އޮފް ހެލްތުން ނިންމައިފިއެވެ.

މިމަޟްރޫއު ހިންގުމަށް އެ މިނިސްޓްރީން މިހާރުވަނީ މާލެސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއާ ހަވާލުކޮށްފައެވެ.

ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 112 އެނދުގެ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި މިމަހުގެ 4 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.

ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރާ ހޮސްޕިޓަލެކެވެ.

އާބާދީގައި 15000އެއްހާ މީހުން ދިރިއުޅޭ މާލޭ ސިޓީގެ ވިލިމާލޭ އަވަށުގައި މިހާރު ހުރި ހޮސްޕިޓަލުގައި އަބާދީއަށް ޚިދުމަތް ފޯރުކޮށްދެވޭނެ އެކަށީގެންވާ އިންތިޒާމު ޤާއިމުވެފައިނުވެއެވެ.

https://wamco.com.mv/

މި ހޮސްޕިޓަލުގައި ބަލި މީހުން ބެލުމަށް 3 ކޮޓަރި ހުރިއިރު އިމަރޖެންސީގައި ބޭނުންކުރަނީ މިހާރު 5 އެނދެވެ. އެހެންކަމުން ޢާންމު ކަންކަމުގައިވެސް ގިނަ ފަހަރު އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތައަށް ދާންޖެހުމަކީ ވިލިމާލޭ ރައްޔިތުންގެކަންބޮޑުވުމެކެވެ.

ވިލިމާލޭގައި ޤާއިމްކުރާ އައު ހޮސްޕިޓަލާއެކު މިކަމަށް ޙައްލުލިބޭނެ ކަމަށް ބެލެވެއެވެ.

ޗައިނާ ސަރުކާރުގެ އެހީއާއެކު ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓްޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ހުންނާނެއެވެ.

https://wamco.com.mv/
tel:+9607331319