
ބާޒާރުގައި ލުނބޯކިލޯއެއްގެ އަގު ވަނީ އުފުލިފައި/ ފޮޓޯ: ނަޖާހު / އަސްލު ޓީވީ
ބާޒާރުގައި ލުނބޯ ވަރަށް މަދު، އަގު ބޮޑުތަނުން އުފުލިފައި

އާމިނަތު ޝަފާ - 17 އޯގަސްޓު 2024 - 07:48
ލޯކަލް މާރުކޭޓުގައި ލުނބޯ މުޅިންހެން ހުސްވެ އަގު ބޮޑުތަނުން އުފުލިއްޖެއެވެ.
ލުނބޮލުގެ އަގަށް ބަދަލު އަންނަން ފެށީ މިދިޔަ ހަފްތާއިން ފެށިގެންނެވެ. ލޯކަލް މާރުކޭޓުގައި ލުނބޯ ލިބެންހުރީ ވަރަށް މަދު ގޮޅިތަކެއްގައެވެ. މިދިޔަ ހަފްތާގައި 70 ރުފިޔާ އިން 80 ރުފިޔާއަށް އަގު އަރައި ދިޔަ ލުނބޯ ކިލޯއެއް
މިހާރު ލިބެންހުރީ 120 ރުފިޔާއާއި 140 ރުފިޔާއާއި 130 ރުފިޔާއާއި 180 ރުފިޔާއަށެވެ. އާއްމުކޮށް ބާޒާރުގައި ލުނބޯ ކިލޯއެއް ލިބެން ހުންނަނީ 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
އޭޕްރީލްމަހު ލުނބޯ ކިލޯއެއްހުރީ 60 ރުފިޔާއަށެވެ. އަދި އޯގަސްޓުމަސް ފެށުނު އިރު ލުނބޯ ކިލޯޯއެއް ހުރީ 90 ރުފިޔާގައެވެ.
އަސްލު ޓީވީއާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ އަގުތައް މަތިވެގެންދިޔައީ މޫސުން ގޯސްވުމާ ގުޅިގެން ޝިޕްމަންޓްތައް މާލެއައުން ލަސްވުމާ ގުޅިގެންކަމަށެވެ.
ލުނބޮލުގެ އަގު ބޮޑުވިޔަސް އެހެން ފަހަރުތަކުގައި އަގު އަރައިގެންދާ މިރުސް މިފަހަރު ބާޒާރުގައި ވަނީ ވަރަށް ތިޔާގިވެފައެވެ.
ދިވެހިން އާއްމުކޮށް ބޭނުންކުރާ ކަނޑޫދޫ މިރުސްވެސް ބާޒާރުގައި ތިޔާގިއިރު އަގުތައްވެސް ވަނީ ވަރަށް ބޮޑުތަނުން ހެޔޮވެފައެވެ.
އެގޮތުން 100 ގުރާމު މިރުސް ބާޒާރުގައި ލިބެންހުރީ 30 ރުފިޔާއަށެވެ.
ފިޔައަށް ބަލާއިރު އޭޕްރީލްމަހު 25 ރުފިޔާއަށް ލިބުނު ފިޔާ މިހާރު ބާޒާރުގައި ހުރީ 18 ރުފިޔާއަށެވެ.
ގުޅުން ހުރި ޙަބަރުތައް

ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވާލައްވައިފި
2 ދުވަސް ކުރިން

ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބުލިބޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި
4 ދުވަސް ކުރިން

ޖަޕާނު ސަފީރުކަމަށް މަހްލޫފް އައްޔަނުކުރައްވައިފި
7 ދުވަސް ކުރިން

ޔޫއޭއީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި
9 ދުވަސް ކުރިން


