
ޖަޕާނު ސަފީރުކަމަށް މަހްލޫފް އައްޔަނުކުރައްވައިފި

މުޙައްމަދު ފަޟްލޫން - 04 ޑިސެމްބަރު 2025 - 08:25
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަލްފާޟިލް އަޙްމަދު މަޚްލޫފް މިއަދު ޢައްޔަންކުރައްވައިފިއެވެ.
މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމަށް މަހްލޫފް އައްޔަނު ކުރުމާއި މެދު މަޖިލީހުގެ ރުހުން ހޯދަން މަޖިލީހަށް ރައީސް ހުށަހެޅުއްވީ ހުސްވި ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ.
މަޖިލީހުގެ ރިޔާސަތުން އެ މައްސަަލަ ހާރިޖީ ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވިއެވެ.
މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ އެންމެ ފަހު ޖަލްސާގައި މަހްލޫފް ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް 60 މެމްބަރުން ވަނީ ވޯޓްދެއްވާފައެވެ.
މަހްލޫފަކީ ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
މަހްލޫފް ސިޔާސީ ދާއިރާއަށް ނިކުންނެވީ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޑީއާރުޕީންނެވެ. އޭގެފަހުން އޭނާ ވަނީ، އެމްޑީޕީއާ ގުޅިވަޑައިގެން ނިމިދިޔަ ވެރިކަމުގައި ކުޅިވަރާއި ބެހޭ ވަޒީރުކަންވެސް ކުރައްވާފައެވެ.
މަހްލޫފް އެމްޑީޕީން ވަކިވެ ވަޑައިގެން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާއި ގުޅިވަޑައިގަތީ، ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގައެވެ.
ގުޅުން ހުރި ޙަބަރުތައް

55 ކައުންސިލް ޢިމާރާތުގެ މަޝްރޫޢު ޖޫނަށް ނިމޭނެ: މިނިސްޓަރ
2 މިނިޓު ކުރިން

އެސްޑީއެފް އަށް ފައިސާ ޖަމާކުރުން އިތުރު، 2.4 ބިލިއަން ރުފިޔާ ޖަމާކޮށްފި
41 މިނިޓު ކުރިން

ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ ހާއްސަ އޮޕަރޭޝަނެއް
2 ގަޑިއިރު ކުރިން

މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި
2 ގަޑިއިރު ކުރިން


