logo

މާޅޮހު ޕޮލިސް ޕޯސްޓުގެ ތަނބުތައް ޖަހައި ބެރިއަޅަނީ

profile

ޒިދާން މުޙައްމަދު - 19 އޮކްޓޯބަރު 2025 - 06:20

ބ. މާޅޮހުގައި އަލަށް އިމާރާތް ކުރާ ފުލުހުންގެ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ހަލުއިކޮށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

https://wamco.com.mv/

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށްދާއިރު، މިހާރު ކުރިޔަށް ދަނީ ބެރި އެޅުމުގެ މަސައްކަތް ކަމަށެވެ.

އަންނަ އަަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ހެދުން އަދި ޕޮލިސް ޑެސްކުތައް ގާއިމު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން 700 މީހުންގެ އާބާދީއެއް އޮންނަ މާޅޮހުގައި ކުރިއަށްގެންދާ ތަރައްގީގެ މިމަޝްރޫއުތަކަކީ އެރަށުގެ ކުރިއެރުމަށް މުހިއްމު މަޝްރޫއުތަކެއްކަމަށް އެމްޓީސީސީން ބުނެއެވެ.

މާޅޮހު ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންއެވެ. އަދި އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޘީމް އަދި މާޅޮހު ކައުންސިލްގެ ރައީސް އިސްމާޢީލް ނަސީރުގެ އިތުރުން ދައުލަތުގެ އިސްވެރިންނާއި ފުލުހުންގެ އިސް ވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވުމުން އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.

ގުޅުން
https://wamco.com.mv/
https://eportal.mwsc.com.mv/e-pay