logo

ތުލުސްދޫގައި 100 އެނދުގެ ހޮސްޕިޓަލަކާއި މެޑިކަލް ކޮލެޖެއް އަޅާނެ ބަޔަކު ހޯދަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 25 ސެޕްޓެމްބަރު 2024 - 13:00

ކ ތުލުސްދޫ

ކ ތުލުސްދޫ

ކ. ތުކުސްދޫގައި 100 އެނދުގެ ހޮސްޕިޓަލަކާއި މެޑިކަލް ކޮލެޖެއް އަޅާނެ ބަޔަކު ހޯދުމަށް އަނެއްކާވެސް އިއުލާނު ކޮށްފިއެވެ.

ތުލުސްދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެކަމަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލީ މިދިޔަ ޖުލައި މަހު ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތެއް ހޮވިފައިނުވާތީ ކަމަށެވެ.

އަމިއްލަ ހަރަދުގައި މެނޭޖްކޮށް ހިންގާ ގޮތަށް 100 އެނދުގެ ހޮސްޕިޓަލަކާއި މެޑިކަލް ކޮލެޖެއް އަޅަން ޝައުގުވެރިވާ ފަރާތްތަކަށް އެ ކައުންސިލުން ވަނީ ދިގު މުއްދަތަކަށް އެކަމަށްޓަކައި ބިން ދޫކުރުމަށް ނިންމާފަ އެވެ.

ކައުންސިލުން ބުނީ އޮކްޓޯބަރު 13 ގައި ބިޑު ހުށަހަޅަން ހުޅުވާލާނެ ކަމަށެވެ. އަދި އޭގެ ކުރިން އޮކްޓޯބަރު 6 ވަނަ ދުވަހު ޕްރީ ބިޑާ ގުޅޭ މައުލޫމާތު ދިނުމަށްޓަކައި ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިއަދުން ފެށިގެން ބިޑު ފޮތް ކައުންސިލް އިދާރާއިން ގަންނަން ލިބޭނެކަން ފާހަގަކޮށް އިއުލާނުގައިވަނީ، ބިޑު ފޮތެއްގެ އަގަކީ 2000 ރުފިޔާ ކަމަށެވެ. ބިޑު ފޮތުގައި އެ މަޝްރޫއުގެ ހުރިހާ މައުލޫމާތެއް ހުންނާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319