ކ. ތުލުސްދޫގައި މޫދަށް އެރި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެއެވެ.
މަރުވެފައި ވަނީ ފިރިހެން ފަތުރުވެރިއެކެވެ.
އެ ފަތުރުވެރިޔާ ލޯންޗްގައި ޖެހުނީ އެ ރަށުގެ އިރު އުތުރު ފަރާތަށް ސްނޯކްލިންނަށް ގޮސްގެން އުޅެނިކޮށް ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއްވައެވެ.
މައުލޫމާތު ލިބޭގޮތުގައި އެ ފަތުރުވެރިޔާ މަރުވެފައިވަނީ ލޯންޗްގެ ބުރަފަތީގައި ޖެހިގެނެވެ. މި ހާދިސާއަށްފަހު އޭނާ ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައިއެވެ.
ނިޔާވި ފަތުރުވެރިޔާ ހެލްތް ސެންޓަރަށް ގެނައިރުވެސް އެއް އަތްވެސް ނެތް ކަމަށާއި މޭމަތީގައި ވެސް ވަރަށް ބޮޑަށް ކަފައިގެން ގޮސްފަ ހުރިކަމަށްވެސް އެ ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.
އެ ހާދިސާ ހިނގި ސަރަހައްދަކީ ވަރަށް ގިނަ ފަތުރުވެރިން ސްނޯކްލިންނަށް ގޮސް އުޅޭ ސަރަހައްދެކެވެ. ނަމަވެސް އެ ފަތުރުވެރިޔާ އޮތީ ދުރު ހޮސާބެއްގައި ކަމަށްވެއެވެ. ފަތުރުވެރިޔާ އެވަގުތު އޮތް ސަރަހައްދަކީ ވަރަށް ގިނަ ލޯންޗްފަހަރު ދަތުރުކުރާ ސަރަހަެއްކެވެ.
ލޯން އެއްޗެއްގައި ޖެހުނުކަން ފާހަގަވުމުން ބެލިއިރުގައި ފަތުރުވެރިޔަ އެއަށް އަރަން މަސައްކަތް ކުރި ކަމަށް ވެއެވެ. އެ މަންޒަރު ފެނި ލޯންޗު ދުންވަން އިން މީހާ ހޭނެތުނު ކަމަށް ވެއެވެ.