logo

ސަލާމަތް ސިއްޙަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފުސާނީ ދުޅަހެޔޮކަން؛ ރައީސް

profile

ޒިދާން މުޙައްމަދު - 10 އޮކްޓޯބަރު 2024 - 11:27

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ސަލާމަތް ސިއްޙަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފުސާނީ ދުޅަހެޔޮކަން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އުފެއްދުންތެރި މުރާލި ނަތީޖާ ނެރޭ މީހަކަށް ވުމަށްޓަކައި އިންސާނާގެ ނަފުސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރާ ކަމަށާއި އެހެންކަމުން ނަފުސާނީ ދުޅަހެޔޮ ކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

ނަފުސާނީ ދުޅަހެޔޮކަމުގެ ހައްގު ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދެވޭ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނެ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމަށް އިންތިޚާބުވެވަޑައިގަތުމުން އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅުތަކުގައި ވައުދުވެވަޑައި ގެންފައިވެއެވެ. އެމަނިކުފާނު ވިދާޅުވީ ނަފުސާނީ ދުޅަހެޔޮކަމަކީ، ކޮންމެ ރައްޔިތަކަށްމެ ކަށަވަރު ކޮށްދޭން ޖެހޭ އަސާސީ ހައްގެއް ކަމަށެވެ.

ދުނިޔޭގައި ނަފުސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ނަފުސާނީ ބަލިތައް ތަހައްމަލުކުރަމުންގެންދާ އެތައް ހާސް ބަޔަކު އުޅެމުންދާއިރު އޭގެތެރެއިން ގިނަ މީހުންނަކީ އިންސާނީ ހައްގުތަކުން ވެސް މަހުރޫމުވެފައިވާ މީހުންނެވެ. އެމީހުންނާމެދު މުޖުތަމައު ދެކޭގޮތް ހަމައެކަނި ތަފާތީކީ ނޫނެވެ. އެމީހުންނަށް ޖަޒުބާތީ ގޮތުންނާއި، ޖިސްމާނީގޮތުން ނާއިންސާފުން އަމަލުކުރެވެމުން ދެއެވެ. އެކި ސިފަސިފައިގައި ނަހަމަގޮތުގައި އެމީހުން ބޭނުންކުރަމުން ގެންދެއެވެ.

ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަގުޞަދަކީ ނަފުސާނީ ޞިއްޙަތާމެދު މީހުން ހޭލުންތެރިކޮށް، ނަފުސާނީ ބަލީގެ ޙާލަތްތަކާ ބެހޭގޮތުން މީހުންނަށް މައުލޫމާތުތައް ފޯރުކޮށްދީ، ނަފުސާނީ ދުޅަހެޔޮކޮށް އިތުރުކުރެވޭނެ ގޮތްތައް އޮޅުން ފިލުވައިދީ، ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ބާރުއެޅުމަށް މަސައްކަތް ކުރުމާއި، ނަފުސާނީ ބަލީގެ މީހުންނާއި މެދު ގެންގުޅޭ ތަފާތު ކުރުން ތައް ނައްތާލައި، އެފަދަ ބަލި މީހުންނަކީ ވެސް މުޖުތަމަޢު ގަބޫލުކުރާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރުމެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ނަފުސާނީ ބަލީގެ އެތައް ބަޔަކު ވަނީ އިންސާނީ ހައްގުތަކުން މަހުރޫމު ކުރެވިފައެވެ. އެފަދަ މީހުންނާމެދު މުޖުތަމައުން ތަފާތުކުރުންތައް ގެންގުޅެއެވެ. އެކަހެރިކުރުންތައް އޮވެއެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމުގެ ތެރެއިން ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންނަށް ދިމާވާ ގޮށްޖެހުންތަކާއި ބެހޭގޮތުން ވާހަކަ ދައްކައި، މަޝްވަރާ ކުރުމަށް ފުރުޞަތު ލިބިގެންދެއެވެ.

މިދުވަސް ފުރަތަމަ ފާހަގަކޮށްފައިވަނީ 150 އަށްވުރެ ގިނަ މެންބަރު ގައުމުތައް ހިމެނޭ "ވޯލްޑް ފެޑެރޭޝަން ފޮރ މެންޓަލް ހެލްތު" ޖަމްޢިއްޔާއިން 1992 ވަނަ އަހަރު ގައެވެ. ދުނިޔޭގެ ކޮންމެ 4 މީހުންގެ ތެރެއިން އެކަކީ ނަފުސާނީ ބަލީގެ މީހެއްކަމަށް ދިރާސާތަކުން ދައްކައެވެ.

https://int.etukuri.mv/
tel:+9607331319