
އައްޑޫ ސިޓީގައި ޑީވީ ޝެލްޓާއެއް ޤާއިމުކުރަނީ

މުޙައްމަދު ފަޟްލޫން - 02 ޑިސެމްބަރު 2025 - 10:25
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިޔަށް ގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް" މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ވަގުތީ ހިޔާއެއް ޤާއިމުކުރުމުގެ މަސައްކަތް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީ ވުޒާރާ އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ހިޔާގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަމުގެ އިތުރުން ގާނޫނީ އެހީތެރިކަމާއި ކައުންސިލިންގެ ޚިދުމަތްތައް ވެސް ފޯރުކޮށްދެވިގެން ދާނެއެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ހުޅުމާލެ އަދި ރ.އުނގޫފާރުގައި ވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ވަގުތީ ހިޔާތައް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.
މި ވަގުތީ ހިޔާތައް ޤާއިމުކުރެވުމުން، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރަށް ބާރު އެޅިގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ކެންދޫގެ ތަރައްޤީގެ ރޭހުގައި އިތުބާރު އޮތް ނަންތަކެއް: އަޙްމަދު ޝާން އާއި ނަޛީރާ އަޙްމަދުގެ ޓީމު
6 ގަޑިއިރު ކުރިން

ފަހު ދިހައެއްގައި ބީއެމްއެލް ގެ ބްރާންޗްތަކުން އިން ޚިދުމަތް ލިބޭނީ މި މަހުގެ 11 އަދި 18ގައި
6 ގަޑިއިރު ކުރިން

ވެމްކޯ ބޯޑަށް ޑިރެކްޓަރަކު އައްޔަންކޮށްފި
8 ގަޑިއިރު ކުރިން

ރާއްޖެއަށް ޑްރަގު ގެނައި ބިދޭސީ އަކު އުމުރަށް ޖަލަށް!
9 ގަޑިއިރު ކުރިން


.gif&w=3840&q=75)