
ސީޕްލޭންގެ ޙިދުމަތް ވެލިދޫ އަށް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ފުރަތަމަ ބޯޓު ނައްޓާލަނީ
ސީޕްލޭންގެ ދަތުރުތައް ވެލިދޫއަށް ފަށައިފި

ރިޟްވާން މޫސާ - 23 ޖެނުއަރީ 2026 - 13:21
ނ. ވެލިދުއަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް މިއަދު ފަށައިފިއެވެ.
ވެލިދޫއަށް ސީ ޕްލޭންގެ ދަތުރުތައް ފެށުމަށް މިއަދު ބޭއްވި ޙައްސަ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި، ވެލިދޫ ކައުންސިލް މެންބަރުންގެ އިތުރުން ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައި ވެއެވެ.
ވެލިދުއަށް ދަތުރުކުރާ ސީޕްލޭންގެ ފުރަތަމަ ދަތުރުތައް ފެށުމަށް ބޯޓު ނައްޓާލާފައި ވަނީ މިއަދު މެންދުރުފަހު 14:40 ގަ އެވެ.
ދިވެހިންނާއި، ފަތުރުވެރިންވެސް ހިމެނޭހެން މިއަދު ސީދާ ރަސްމީ ދަތުރުތަކެއް ވެލިދުއަށް ކުރުމަށް މޯލްޑިވިއަން އިން ނިންމާފައިވާއި ދިވެހިންނަށް ހާއްސަ ފެއާ ދަތުރުތަކެއްވެސް މޯލްޑިވިއަނުން ވަނީ ހަމަޖައްސާފަ އެވެ.
އާންމު ރޭޓުގެ ގޮތުގައިވެލިދު އަށް ދަތުރުތައް ކުރުމަށް ދިވެހިންގެ އަތުން ނެގުމަށް މިވަގުތު ހަމަޖައްސާފައިވަނީ 999 ރުފިޔާ އެވެ. އަދި ފަތުރުވެރިންނަށް އެއްކޮޅު ޓިކެޓުގެ އަގު އުޅެނީ 93 ޑޮލަރަށެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ވެލިދުއަށް ވަޑައިގެން އެމަނިކުފާނު ވަނީ މިއަހަރުގެ ޖަނަވަރީ މަހު ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކުރައްވައި ސީޕްލޭންގެ ޚިދުމަތް ފައްޓަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސުލް ޖުމްހޫރިއްޔާ ވަނީ ވެލިދޫގައި ސްޓޭޝަންކޮށްފައި އޮންނަ ގޮތަށް ސީ އެމްބިއުލާންސެއްގެ ޚިދުމަތް ވެސް، މި މަހު ފައްޓަވާނޭކަމަށް ވިދާޅުވެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ދަރިވަރުންނަށް އިސްލާމް މާއްދާ ދިވެހިން ކިޔަވައިދޭތީ ކަންބޮޑުވަން: ފައްޔާޒް
3 ގަޑިއިރު ކުރިން

ގުޅިފަޅުން 41 ގޯތި ހަވާލުކޮށްފި
10 ގަޑިއިރު ކުރިން

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން އަނެއްކާވެސް އިއުލާނުކޮށްފި
10 ގަޑިއިރު ކުރިން

ހޯމް މިނިސްޓްރީގެ ސްޓޭޓް، އަބްދުލްމަޖީދު މަގާމުން ވަކިކޮށްފި
ދުވަހެއް ކުރިން


