
ރެއާލް މެޑްރިޑާއި ސޮސިއެޑާޑް ވާދަކުރި މެޗުގެ ތެރެއިން .
ވިނީގެ ދެލަނޑާއެކު ސޮސިއެޑާޑް ބަލިކޮށް ރެއާލް މެޑްރިޑް އެއްވަނައަށް

ހަސަން ޝަމްއޫން - 14 ފެބްރުއަރީ 2026 - 23:02
ސްޕެނިޝް ލަލީގާއި މިރޭ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް 4-1 ގެ ނަތީޖާއަކުން ބަލިކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ވެލެންސިއާ އަތުން މޮޅުވެފައިވާއިރު، ލީގުގައި ރެއާލް ސޮސިއެޑާޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން އެތްލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ގޮންޒާލޯ ގާސިއާ އެވެ.
ރެއާލް ސޮސިއެޑާޑް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން މިކޭލް އޮޔަޒެބަލް ކާމިޔާބުކުރިއިރު އޭގެ ހަތަރު މިނެޓް ފަހުން ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީއެއްގައި ވިނީޝިއަސް ޖޫނިއާރ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ލީޑު ހޯދައިދީފައެވެ. އަދި ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު ފުރަތަަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ފެޑަރީކޯ ވަލްވޭޑޭ އެވެ.
މިމެޗުގައި ރެއާލް މެޑްރިޑުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ ވެސް ވިނީޝިއަސް އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 4-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 24 މެޗުން ރެއާލް މެޑްރިޑަށް 60 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ރެއާލް ސޮސިއެޑާޑުން ލީގުގައި ކުޅުނު 24 މެޗުން ހޯދި 31 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ވާދަވެރި ކުޅުމަކަށްފަހު އަލް ފަތޭހް ބަލިކޮށް އަލް ނަސްރުން ފަރަގު ކުޑަކޮށްފި
ދުވަހެއް ކުރިން

އާސެނަލް އާއި ބްރެންޓްފޯޑްގެ މެޗު އެއްވަރު
3 ދުވަސް ކުރިން

ކޮޕާ ޑެލަރޭ: ފަސޭހަކަމާއެކު ބާސެލޯނާ ބަލިކޮށް އެތްލެޓިކޯ އިން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި
3 ދުވަސް ކުރިން

މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހަމްގެ ކުރިމަތިލުން އެއްވަރު
5 ދުވަސް ކުރިން


.gif&w=3840&q=75)