
އަލް ނަސްރު އާއި އަލް ފަތޭޙް ވާދަކުރި މެޗުގެ ތެރެއިން..
ވާދަވެރި ކުޅުމަކަށްފަހު އަލް ފަތޭހް ބަލިކޮށް އަލް ނަސްރުން ފަރަގު ކުޑަކޮށްފި

ހަސަން ޝަމްއޫން - 14 ފެބްރުއަރީ 2026 - 23:18
ސައުދީ ޕްރޯ ލީގުގައި މިރޭ ރަށުން ބޭރުގައި އަލް ފަތޭހް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށް ފަހު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ނަސްރުން ލީގު ތާވަލުގެ އެއްވަނައިގައި އޮތް އަލް ހިލާލް އާއި ދެމެދުގައިވާ ފަރަގު އެއްޕޮއިންޓަށް ކުޑަކޮށްފިއެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 21 މެޗުން އަލް ނަސްރަށް 52 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް ފަތޭހް އިން ލީގުގައި ކުޅުނު 21 މެޗުން ހޯދި 24 ޕޮއިންޓާއެކު ލަނޑުގެ ތަފާތު އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.
ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި އަލް އިއްތިހާދު އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި އަލް ފަތޭހް އެންމެ ފަހުން ކުޅުނު މެޗުގައި އަލް ގަދިސިއާ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ނަސްރު އިންނެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އަލް ނަސްރުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އަލް ނަސްރު އެންމެ ފަހުން ކުޅުނު ތިން މެޗުގައި ޓީމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 962 ވަނަ ލަނޑެވެ.
އަލް ނަސްރުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އައިމަން ޔަހުޔާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެނެވެ.
ގުޅުން ހުރި ޙަބަރުތައް

ވިނީގެ ދެލަނޑާއެކު ސޮސިއެޑާޑް ބަލިކޮށް ރެއާލް މެޑްރިޑް އެއްވަނައަށް
ދުވަހެއް ކުރިން

އާސެނަލް އާއި ބްރެންޓްފޯޑްގެ މެޗު އެއްވަރު
3 ދުވަސް ކުރިން

ކޮޕާ ޑެލަރޭ: ފަސޭހަކަމާއެކު ބާސެލޯނާ ބަލިކޮށް އެތްލެޓިކޯ އިން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި
3 ދުވަސް ކުރިން

މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހަމްގެ ކުރިމަތިލުން އެއްވަރު
5 ދުވަސް ކުރިން


.gif&w=3840&q=75)