
ފީއަލީ ޕެޓްރޯލް ޝެޑާއި ބަނދަރުގައި އޮތް ދޯނިތަކުގައި ރޯވެ އަނދަނީ

އައިމަން ޢަބްދުއްސައްތާރު - 09 އޭޕްރީލު 2026 - 05:45
ފ. ފީއަލީ ބަނދަރުމަތީގައި ހުންނަ ޕެޓްރޯލްޝެޑާއި އަޅާފައި އޮތް ބައެއް ދޯނިތަކުގައި ރޯވެ އަނދަމުން އެބަދެ އެވެ.
ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު ވިދާޅުވި ގޮތުގައި، ފުރަތަމަ ރޯވީ، ޝެޑަށް ތެޔޮ އަޅަން ގާތްކޮށްފައި އޮތް ބީރައްޓެހި ދޯންޏެއްގަ އެވެ. އެކަމަކު ރޯވާން ދިމާވި ގޮތް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްލަށް މައުލޫމާތު ލިބުނުގޮތުގައި ތެޔޮ އަޅަން ގާތްކޮށްފައި އޮތް ބީރައްޓެހި ދޯނީގައި ރޯވިތާ އިރުކޮޅެއް ނުވެ، ކައިރީގައި ހުރި ދޯނިތަކުގައިވެސް ރޯވެއްޖެއެވެ. މިހާރު ބަނދަރު މަތީގައި އޮތް ހަތަރު ދޯނީގައި ހުޅުހިފައި ދަނީ އަނދަމުނެވެ.
ސަލާމަތް ކުރެވެން އޮތް އެއްޗެއް ސަލާމަތް ކުރެވޭތޯ ބެލިކަމަށްވެސް ކައުންސިލްއިން މައުލޫމާތުލިބެއެވެ.
އަދިވެސް އަސްލަށް މައުލޫމާތު ލިބޭގޮތުގައި، އެ ސަރަހައްދުގައި ހުރި ފެން ޕްލާންޓްގައި ވެސް މިހާރު ވަނީ ހުޅުހިފާފަ އެވެ.
ފީއަލީގައި އަލިފާން ނިއްވޭ ނިޒާމެއް ނެތުމުން، އެ އަތޮޅު ނިލަންދުއިން ސިފައިން މިހާރު ދަނީ ދަތުރުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ގެ އެއްގެ މަތިން މީހަކު ވެއްޓި ފަރުވާދޭން ފަށައިފި
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާއި އެމެރިކާއި ޙިލާފުވެއްޖެ: އީރާން
4 ގަޑިއިރު ކުރިން

އެމެރިކާ-އީރާން ހަނގުރާމަ މެދުކަނޑާލުމުން ރާއްޖޭން މަރުހަބާ ކިޔައިފި
11 ގަޑިއިރު ކުރިން

ބޯޓެއް އަޑިއަށް ގޮސް ދިވެއްސަކު ގެއްލިގެން ހޯދަނީ
11 ގަޑިއިރު ކުރިން


.gif&w=3840&q=75)