
އެމެރިކާ-އީރާން ހަނގުރާމަ މެދުކަނޑާލުމުން ރާއްޖޭން މަރުހަބާ ކިޔައިފި

އައިމަން ޢަބްދުއްސައްތާރު - 09 އޭޕްރީލު 2026 - 04:25
އެމެރިކާ އިން އީރާނާ ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމަ، އެ ދެ ގައުމުން އެއްބަސްވެގެން ވަގުތީ ގޮތުން ހުއްޓާލުމުން ރާއްޖޭން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށާއި އޭގެ ސަބަބުން މަޝްވަރާ އަށް މަގުފަހިވެ، އެ ދެ ގައުމުގެ ދެމެދުގައި އޮތް މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ހަނގުރާމަ މެދުކަނޑާލަން ޕާކިސްތާނާއި އެހެން ގައުމުތަކުން ޑިޕްލޮމެޓިކް ގޮތުން ކުރި މަސައްކަތްތައް ރާއްޖޭން ހިތްހަމަޖެހުމާ އެކު ފާހަގަކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދިޔަ ވަރުގަދަ ހަމަލާތަކަށް ފަހު، އީރާނުން ބުނީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޕާކިސްތާނުގައި މާދަމާ އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އޭނާ ޕާކިސްތާނުގެ ލީޑަރުންނާ ވާހަކަ ދެއްކެވި ކަމަށާއި އިއްޔެ ރޭގައި އީރާނަށް ފޮނުވަން އޮތް "ހަލާކުކުރަނިވި ބާރުތައް" މަޑުޖައްސާލުމަށް އެ ގައުމުން އެދުނު ކަމަށެވެ.
"އީރާނުން ހޯރްމޫޒް ކަނޑުއޮޅި ފުރިހަމަ އަށް، ވަގުތުން އަދި ރައްކާތެރިކަމާ އެކު ހުޅުވާލުމަށް އެއްބަސްވުމާ ގުޅިގެން، އީރާނަށް ބޮން އެޅުމާއި ހަމަލާދިނުން ދެ ހަފުތާގެ މުއްދަތަށް ހުއްޓާލުމަށް އެއްބަސްވެވިއްޖެ،" ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް' ޕްލެޓްފޯމުގައި އޭނާ ލިޔުއްވާފައިވެ އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މަގުން ދެ ހަފުތާގެ މުއްދަތަށް އުޅަނދުފަހަރަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. މި މަގު ބަންދުކުރީ މިދިޔަ ފެބްރުއަރީ 28 ގައި ފެށި ހަނގުރާމައަށް ބަދަލުހިފުމުގެ ގޮތުންނެވެ.
އީރާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި ކަރަންޓު އުފައްދާ މަރުކަޒުތަކާއި ބުރިޖުތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ކުރިން ދެއްވާފައިވެ އެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހަނގުރާމައިގެ ކުށެކެވެ.
އެމެރިކާއާ ގާތް ގުޅުމެއް އޮންނަ އަދި އީރާނުގެ އަވަށްޓެރި ޕާކިސްތާނުން ވަނީ މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ ސުލްހަވެރި ހައްލަކަށް ކުރާ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވީ ނަމަވެސް، ސުލްހައިގެ މި ޚަބަރާއެކު ތެލުގެ އަގު ވަނީ ވަގުތުން ދަށްވާން ފަށައިފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ގެ އެއްގެ މަތިން މީހަކު ވެއްޓި ފަރުވާދޭން ފަށައިފި
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާއި އެމެރިކާއި ޙިލާފުވެއްޖެ: އީރާން
4 ގަޑިއިރު ކުރިން

ފީއަލީ ޕެޓްރޯލް ޝެޑާއި ބަނދަރުގައި އޮތް ދޯނިތަކުގައި ރޯވެ އަނދަނީ
10 ގަޑިއިރު ކުރިން

ބޯޓެއް އަޑިއަށް ގޮސް ދިވެއްސަކު ގެއްލިގެން ހޯދަނީ
11 ގަޑިއިރު ކުރިން


.gif&w=3840&q=75)