.jpg&w=3840&q=75)
ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާއި އެމެރިކާއި ޙިލާފުވެއްޖެ: އީރާން

ރިޟްވާން މޫސާ - 09 އޭޕްރީލު 2026 - 11:43
ހަނގުރާމަ ހުއްޓާލުމަށް އިރާނުން ހުށަހެޅި 10 ނުކުތާގެ ތެރެއިން ތިން މާއްދާއަކާ، މަޝްވަރާތައް ފެށުމުގެ ކުރިންވެސް ވަނީ އެމެރިކާއިން ޚިލާފުވެފައިވާ ކަމަށް އީރާނުން ހާމަކޮށްފި އެވެ
އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވީ އީރާނުގެ ވައިގެ ސަރަޙައްދަށް "ޖާސޫސީ ޑްރޯންއެއް" ވަދެފައިވާ ކަމަށާއި، މިއީ އެފަދަ ކަންކަން މަނާކުރާ މާއްދާއާ ކަނޑައެޅިގެން ޚިލާފުވުން ކަމަށެވެ.
އަދި ޔުރޭނިއަމް މުއްސަނދިކުރުމުގެ އިރާނުގެ ޙައްޤަކީވެސް މި 10 ނުކުތާގެ ތެރޭގައި ހިމެނޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ދެ ހަފްތާއަށް ޙަމަލާތައް މެދުކަނޑައިލަން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް އެއްބަސްވެފައިވާކަމަށް އީރާނުން ވަނީ އިޢުލާނުކޮށްފައެވެ.
އަދި އީރާނަށް ޙަމަލާ ނުދޭނެމަ އެ އެއްބަސްވުމަށް އީރާނުން އިޙްތިރާމް ކުރާނެކަމަށް ވެސް ވަނީ ބުނެފައެވެ.
ޙަމަލާތައް ހުއްޓައިލަން އެއްބަސްވުމަކަށް އައިސްފައިވަނީ، އީރާނަށް ދެމުންދާ ޢުދުވާނުތައް ވަރުގަދަކޮށް، މުޅި ޤައުމު އެކީގައި ސުންނާފަތިކޮށްލާނެކަމުގެ އިންޒާރާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސުންގަނޑި ހަމަވާން ކައިރިވެފައިވަނިކޮށް ކަން ފާހަގަކޮށްލެވެ އެވެ
ގުޅުން ހުރި ޙަބަރުތައް

ގެ އެއްގެ މަތިން މީހަކު ވެއްޓި ފަރުވާދޭން ފަށައިފި
ގަޑިއިރެއް ކުރިން

ފީއަލީ ޕެޓްރޯލް ޝެޑާއި ބަނދަރުގައި އޮތް ދޯނިތަކުގައި ރޯވެ އަނދަނީ
10 ގަޑިއިރު ކުރިން

އެމެރިކާ-އީރާން ހަނގުރާމަ މެދުކަނޑާލުމުން ރާއްޖޭން މަރުހަބާ ކިޔައިފި
11 ގަޑިއިރު ކުރިން

ބޯޓެއް އަޑިއަށް ގޮސް ދިވެއްސަކު ގެއްލިގެން ހޯދަނީ
11 ގަޑިއިރު ކުރިން


.gif&w=3840&q=75)