logo

ބޯޓެއް އަޑިއަށް ގޮސް ދިވެއްސަކު ގެއްލިގެން ހޯދަނީ

profile

އައިމަން ޢަބްދުއްސައްތާރު - 09 އޭޕްރީލު 2026 - 04:22

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުންދިޔަ "އުދަރެސް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ދިވެހި މީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

https://wamco.com.mv/

ފުލުހުން ބުނީ، "އުދަރެސް" ބޯޓު ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށް ދިޔައިރު އޭގައި 13 މީހަކު ތިބި ކަމަށާއި އޭގެ ތެރެއިން ދިވެއްސަކު ގެއްލިފައިވާ ކަމަށެވެ. އެކަމަކު، އޭނާގެ މައުލޫމާތެއް ފުލުހުން އަދި މީޑިއާ އަށް ނުދެ އެވެ.

ފުލުހުން ބުނި ގޮތުގައި، ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން ބިދޭސީއަކު ވަނީ ފަތާފައި ގޮސް އޮޅުވެއްޔަށް އަރައިފަ އެވެ. ދިވެއްސަކު ގެއްލިފައިވާއިރު ބާކީ ތިބި 11 މީހަކު އެ ރިސޯޓުގެ ދޯންޏަކަށް ނެގި ކަމަށް ފުލުހުން ބުންޏެވެ.

"އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންނެވެ. ސަލާމަތް ކުރެވުނު ޖުމުލަ 12 މީހުންގެ ހާލު ވެސް ރަނގަޅެވެ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.

"އުދަރެސް" ބޯޓު، އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ ފުލުހުން ބުނި ގޮތުގައި ރޭ ދަންވަރު 1:25 ހާއިރު އެވެ.

ފުލުހުން ބުނީ އެ ބޯޓު އަޑިއަށް ދިއުމާ ގުޅިގެން، އެ ބޯޓުގައި ހުރި މުދާތައް އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދޭ ކަމަށެވެ .ޚާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އޮޔާދާ މުދަލުގެ ސަބަބުން އުޅަނދަށް ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk