
އިންކަމް ޓެސްކްގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ

މުޙައްމަދު ފަޟްލޫން - 14 ޖުލައި 2026 - 08:30
އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކްސް ގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ދައުލަތަށް 3.6 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މީރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އިންކަމް ޓެކްސް ގެ ގޮތުގައި ދައުލަތަށް 3.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 30 އިންސައްތައިގެ ކުރިއެރުމެކެވެ.
އިންކަމް ޓެކްސްގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ދައްކާފައިވާ ޓެކްސް އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު މި ދާއިރާއިން ލިބުނު 1.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރުގެ އެ މުއްދަތުގައި ވަނީ 10 އިންސައްތައިގެ އިތުރުވުމަކާއެކު 1.7 ބިލިއަން ރުފިޔާ ލިބިފައެވެ.
މީގެ އިތުރުން، ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކާއި ވަގުތީ ގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކްސްގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު 804 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 634 މިލިއަން ރުފިޔާއާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ.
އަމިއްލަ ފަރުދުންގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު 271 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 256 މިލިއަން ރުފިޔާއެވެ.
ބޭންކްތަކަށް ލިބޭ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 775 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 294 މިލިއަން ރުފިޔާއާ އަޅާބަލާއިރު 164 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ޢަދާލަތު ޕާޓީ ޕީއެންސީއާ އިއްތިޙާދުވަނީ
5 ގަޑިއިރު ކުރިން

ޒަޔަނިސްޓުންނަށް އިޙްތިރާމްކުރުން މި ޤައުމުގައި ތަންފީޛެއް ނުކުރެވޭނެ: މަލީހް
6 ގަޑިއިރު ކުރިން

އިންފްލުއެންޒާ ފެތުރޭތީ ރައްކާތެރިވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި
10 ގަޑިއިރު ކުރިން

ބަނގުރަލުގެ ބޮޑު ނެޓްވޯކެއްގައި ހަރަކާތްތެރިވާކަމަށް ތުހުމަތުކުރާ ރަޝްވާންގެ ބަންދު އިތުރު!
11 ގަޑިއިރު ކުރިން


