
މާލެ އިން 13،882 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި

މުހައްމަދު ހަފީޒް - 11 ޖެނުއަރީ 2025 - 05:36
މާލެ ސަރަހައްދަށް ރެއިން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރެއާ ގުޅިގެން ހެނދުނު 6 ހަމައަށް 13882 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ ފެން ހިންދުމަށްޓަކައި މާލޭގެ 8 ސަރަހައްދެއްގައި 23 ޕަންޕު ބަހައްޓައިގެން ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.
އެއީ ވެސްޓްޕާކް ސަރަހައްދުގައި ހަތަރު ޕަމްޕާއި އައިޖީއެމްއެޗު ސަރަހައްދުގައި ތިން ޕަމްޕާއި މާފަންނު ފެރީ ޓާމިނަލް ކައިރީގައި ތިން ޕަމްޕާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕާއި ބޮޑުވަޅު ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕާއި ކުޑަކުދިންގެ ބަގީޗާ ކައިރީގައި އެއް ޕަމްޕާއި އަދި އެމްޕީއެލް ސަރަހައްދުގައި އެއް ޕަމްޕެ ކަަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މާލެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 58 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ށ އޮތަޅުން ފެށިގެން ތ އޮތަޅަށް މިއަދު ހެނދުނު 9:00 ފެށިގެން މެންދުރު ފަހު 13:00 އަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ރީނދޫ ސަމާލު ނެރެފައެވެ.
މެޓް އޮފީސް އިން ހާމަކުރި ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެ އަށެވެ.
އެ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް މާލެއަށް 130.7 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ވީއައިއޭގައި ހުއްދަނެތި ވިޔަފާރިކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ
8 ގަޑިއިރު ކުރިން

މިނިސްޓަރ ހައިދަރު، ބަންގްލަދޭޝްގެ ވަގުތީ ވެރިޔާއާ ބައްދަލުކުރައްވައިފި
8 ގަޑިއިރު ކުރިން

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ރައީސް އުފައްދަވައިފި
14 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފި
15 ގަޑިއިރު ކުރިން


