
އޭޑީބީ އާ އެކު 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްފި

މުޙައްމަދު ފަޟްލޫން - 16 އޯގަސްޓު 2026 - 14:48
އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް ހިންގުމަށްޓަކައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރާ ދެމެދު ޖުމްލަ ފަންސާސް މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ސަރުކާރުގެ ފަރާތުން ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ހަސަން ޒަރީރު އެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ފަރާތުން ޕްރޮޖެކްޓް އެގްރީމަންޓުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޝިމާދު އިބްރާހީމް އެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން މި ދެ އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ އެ ބޭންކުގެ ރީޖަނަލް ހެޑް އޮފް ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓް، ޑރ. ތިއަމް ހީ އަންގް އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، އެސް.ޓީ.އޯ އަދި އޭ.ޑީ.ބީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަރުކާރުން ތެލަށް ކުރަންޖެހޭ ހަރަދު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯދައިދިނުމެވެ.
މި ފެސިލިޓީއަކީ މަލްޓިލެޓަރަލް ބޭންކުތަކުން ކޮންސެޝަނަލް ފައިނޭންސިން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަމަޖެހިފައިވާ ފައިނޭންސިންއެކެވެ.
މިފަދަ ކޮންސެޝަނަލް ފެސިލިޓީތަކުގެ ސަބަބުން ސަރުކާރުގެ ޑެޓް ސަސްޓެއިނަބިލިޓީ ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ޓެކްސީ ލައިނުގެ މައުލޫމާތުތަކެއް ލީކުކުރި މުވައްޒަފެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި
27 މިނިޓު ކުރިން

ކޮތަޅު ބޮނޑި ވިއްކާއިރު ފީ ނުނަގާ ގޮތަށް ގާނޫނު ބަދަލުކުރަން ފާސްކޮށްފި
28 މިނިޓު ކުރިން

މުއައްސަސާތަކަށް ރައްޔިތުންގެ ގެއްލުނީ ރައީސް މުއިއްޒުގެ ސަބަބުން: ރައީސް ޔާމީން
28 މިނިޓު ކުރިން

ޓްރެވަލް އެވޯޑްސްގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރަކަށް އެމްއޭސީއެލް!
29 މިނިޓު ކުރިން


