logo
ރައީސް ޑރ މުއިއްޒުގެ އަރިހަށް ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ހާރިޖީ ވަޒީރު މުހައްމަދު އިސްހާގް ދާރް ޒިޔާރަތްކުރެއްވުން

ރައީސް ޑރ މުއިއްޒުގެ އަރިހަށް ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ހާރިޖީ ވަޒީރު މުހައްމަދު އިސްހާގް ދާރް ޒިޔާރަތްކުރެއްވުން

ޕާކިސްތާނުގެ ހާރިޖީ ވަޒީރު، ރައީސް ޑރ. މުޢިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

profile

މުޙައްމަދު ފަޟްލޫން - 21 އޮކްޓޯބަރު 2026 - 07:13

ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު މުހައްމަދު އިސްހާގް ދާރް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އިސްލާމީ އުޚުއްވަތްތެރިކަމާއި އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިގޮތުން، ރައީސް ވަނީ ޕާކިސްތާނު ސަރުކާރުން އަދާކުރެއްވި ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައި، އެކި ދާއިރާތަކުން ގުޅުން ފުޅާކުރުމަށް ބާރުއަޅުއްވާފައެވެ.

ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ވަނީ ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ސޮއިކުރެވުނު ފަހުމުނާމާތަކަކީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، ރައީސްގެ މި ޒިޔާރަތަށް އޭނާ މަރުޙަބާ ދެންނެވިއެވެ.

މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ރައީސް ކުރައްވާ ދަތުރުފުޅެކެވެ.

https://wamco.com.mv/
tel:+9607331319